ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ ފިޔަވަތީގެ ބޭބީސް ރޫމް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ ފިޔަވަތީގެ ބޭބީސް ރޫމް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް 05 އޮގަސްޓް 2018 ވަނަ ދުވަހު ކުރެވުނު ނަންބަރ: (IUL)FV-FP/1/2018/2 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، ފިޔަވަތިންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ޚަރަދުގައި މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 13 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ހުޅުމާލެ، ފިޔަވަތިއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ފިޔަވަތިން ޙަވާލުކުރާ މަޢުލޫމާތު ކަރުދާހުގައިވާގޮތުގެ މަތިން 26 ސެޕްޓެމްބަރ 2018 ވާ ބުދަދުވަހުގެ 13:30 އަށް ފިޔަވައްޗަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
މަސައްކަތް ޙަވާލުކުރެވޭނީ، ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ.
03 ސެޕްޓެމްބަރ 2018
23 ޛުލްޙިއްޖާ 1439