ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2018/243
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި:
06 ސެޕްޓެންބަރު 2018 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސޭލްސް ރެޕްރެސެންޓޭޓިވްއެއް ބޭނުންވެއްޖެ
ވަޒީފާގެފުރުޞަތު
މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: ސޭލްސް ރެޕްރެސެންޓޭޓިވް
ބޭނުންވާ އަދަދު: 01 (އެކެއް)
އަސާސީ މުސާރަ: މަހަކު -/4350 ރުފިޔާ
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ 162 (ހުޅުމާލެ) ފިހާރަ / ރީޖަނަލް ސޭލްސް ޑިޕާރޓްމަންޓް
އެހެނިހެންއިނާޔަތްތައް
- އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/1350 ރުފިޔާ އާއި، -/2500 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
- އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެމަސްއޫލިއްޔަތު
- ކޭޝް އަދި ކްރެޑިޓް ކައުންޓަރގެ މަސައްކަތް ބެލެހެއްޓުން
- ހަވާލުކުރެވޭ ބްރޭންޑް ގެ އެމެހައި ކަންތައްތައް ބެލެހެއްޓުން
- މުދަލުގެ އަގުތައް ޖެހުމާއި ރެކްތަކުގައި މުދާޖެހުން
- ކަސްޓަމަރުންއަށް މުދާ ފޯރުކޮށް ދިނުމުގައި އެހީތެރިވުން
ފެންވަރުނުވަތަޝަރުތު
- ޖ.ސީ.އީ. އޯލެވެލް ފުރިހަމަ ކޮށްފައިވުން
- މައިކްރޯ ސޮފްޓް އޮފީސް އެޕްލިކޭޝަންސް ބޭނުންކުރަން އެގުން
- ހިދުމަތް ހޯދަން އަންނަ ކަސްޓަމަރުންނާއި ރިވެތިބަހުން ދިވެހިން އަދި އިގިރޭސިބަހުން މުއާމަލާތު ކުރަން އެގުން
އެހެނިހެންހުނަރު
- މަޤާމާއި ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ބަންދު ދުވަސްތަކުގައި އަދި ޝިފްޓް ޓިއުޓީ ގައި މަސައްކަތް ކުރެވޭނެ ކުއްޖެއްކަމުގައިވުން.
ސުންގަޑި
- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 06 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މަތީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެއެވެ.
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު: 3344273 / އީމެއިލް އެޑްރެސް:[email protected]
02 ސެޕްޓެންބަރު 2018