ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)334/334/2018/55
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 13 ސެޕްޓެންބަރު 2018 14:00
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އިޢްލާން

މަޤާމު: އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ނަންބަރ: J-252057

ބޭނުންވާ އަދަދު: 01

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

މަޤާމު އޮތް އޮފީސް: މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން: މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ

ސެކްޝަން/ޔުނިޓް: އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

މުސާރަ: 5610.00 ރުފިޔާ

ސަރވިސް އެލެވަންސް: 2,000.00ރުފިޔާ

އިތުރު ޢިނާޔަތްތައް: 

  1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިސް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ އެލަވަންސް.
  3. މަޤާމަށް ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގުތަކުގެ ތެރެއިން ކޯ ޑިސިޕްލިންގެ ތަޢުލީމު ރޮނގުގެ ސެޓްފިކެޓް ހުށައަޅާފައިވާނަމަ ޓެކްނިކަލް ކޯ

ގެ ގޮތުގައި މުސާރައިގެ %28 ލިބޭނެއެވެ. އަދި ޓެކްނިކަލް ކޯ އަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ، ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ

ގޮތުގައި 700.00 ރުފިޔާ ލިބޭނެއެވެ. އަދި

   4. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

ވަޒީފާގެ ދާއިރާތައް: އިކޮނޮމިކްސް

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 

  • ކައުންސިލް އިދާރާގެ އިކޮނޮމިކް ތަރައްޤީކޮށް ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
  • ކޮންމެ އަހަރެއް ނިމުމުގެ ކުރިން ކުރިޔަށް އޮތްއަހަރުގެ ރަށުގެބިމުގެ ޕްލޭންހަދާ ބަޖެޓްކުރުން.
  • ކަނޑުގައި ދުއްވާ އުޅަނދުފަހަރު މިނެ މާވަޑިޔާދޭ ސެޓްފިކެޓްގައި ޖަހާފައިވާ މިންތައް ބަލާ ޗެކުކުރުމުގެ މަސައްކަތް.
  • މަސްވެރިންނާ، ވިޔަފާރިވެރިންނާ، ދަނޑުވެރިންނާ ގުޅުންހުރި ކައުންސިލުން ބަލަހައްޓަންޖެހޭ އެންމެހައި ކަންތައްތައް ހިންގާ ބެލެހެއްޓުން.
  • ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ ތަޙްޤީޤުތައްކުރުމާއި، އިދާރާގައި އެއްވެސް ތަޙްޤީޤެއް ހިނގާނަމަ އެކަން ހިނގާނުހިނގާގޮތް ބެލެހެއްޓުން.
  • ފަޅުންވެލި ނެގުމުގެ ހުއްދަ ދިނުމާއި އަގުދައްކަންޖެހޭ ގޮތަށް ނަގާވެލީގެ އަގުނެގުމުގެ ކަންތައް ހަމަޖެއްސުމާއި އަދި ފަޅާއި ގޮޑުދޮއްތައް

ޙިމާޔަތްކޮށް ބެލެހެއްޓުމާއި، ތިމާވެށީގެ ކަންތައްތައް ބެލެހެއްޓުން.

  • ކައުންސިލުން އެކިފަރާތްތަކާ އެކު ކުރެވޭ އެގްރީމަންޓުތަކާބެހޭ އެންމެހައި ކަންތައްތައް މުއްދަތު ހަމަވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް

އަޅާ ބެލެހެއްޓުން.

  • އެކި މީސްމީހުންގެ ކުށުގެ ރެކޯޑު އަޕްޑޭޓް ކޮށް ބެލެހެއްޓުން.
  • އެއްގަމު އުޅަނދުފަހަރު ދުއްވުމަށާއި، ހިނގާބިނގާވެ އުޅުމުގެ އިންތިޒާމުތައް ހަމަޖައްސާ މަގުތަކާއި ގޯޅިތައް ހަދާ މަރާމާތުކޮށް ނަންބޯޑުޖަހާ

މަގުތަކާއި ގޯޅިތައް އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމަށް ސަމާލުކަންދީ އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

  • ރަށުން ބިންދޫކުރުމާއި، ބިމާއި ޢިމާރާތް ރަޖިސްޓަރީކުރުމާއި، ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓާ އެކިއެކި ފަރާތްފަރާތުން ރަށުގެ

ބިމާގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތުތަކުގެ ރެކޯޑުތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މި ނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެމަތިން

ބެލެހެއްޓުމުގެ އިދާރީ ކަންކަން ކުރުން. އަދި ރަށުން ދޫކޮށްފައިވާ ގޯތިތަކާއި ބިންބިމުގެ މިންއަޅާ އިންވަކިކޮށްދިނުމާއި، ރަޖިސްޓަރީ ހަދައިދިނުމާއި،

އިން އޮޅުނަނުދީ ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.

  • ރަށުގެ އެކި ސަރަހައްދު ތަކުގައި މަޢްލޫމާތު ބޯޑުތައް ޖަހާ ބެލެހެއްޓުމާއި، ތިމާވެށި ޙިމާޔަތްކޮށް ބެލެހެއްޓުމުގައި ކުރަންޖެހޭ ކަންތައްތައް

ކުރުން.

  • ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވާ އެ ދަފްތަރު ބެލެހެއްޓުމާއި ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވާ ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ

މަޢްލޫމާތު ފޯރުކޮށްދިނުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

  • ހުސްނުވާ އާސަންދަ އާއި ޕެންޝަން ސްކީމް ޕްރޮގްރާމާ ގުޅޭ ކައުންސިލުން ބަލަހައްޓަންޖެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  • އާސާރީ ތަންތަން ބެލެހެއްޓުމާއި ޘަޤާފީ ކަންކަން ދިރުވާ ދެމެހެއްޓުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  • އިދާރީ މުވައްޒަފަކު ޗުއްޓީ ނަންގަވައިފިނަމަ އެމުވައަޒަފަކު ކުރައްވަމުންގެންދެވި މަސައްކަތުގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްތައް

ވަގުތީގޮތުން ކުރުން.

  • މީގެ އިތުރުންވެސް ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ވެރިން އަންގަވާ ކަންތައްތައް ކުރުން.

މަގާމުގެ ޝަރުތުތައް: 

ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / އިކޮނޮމިކްސްއާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ

އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 ހުށައަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާއިން

ލިބެން ހުންނާނެއެވެ.)

   2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

   3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ

ލިޔުންތައް އެނގޭފަދަ ކޮޕީއެއް.

   4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ

ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

   5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ

ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި

ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ

ލިޔުމުގެ ކޮޕީ.

   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

   7. ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

   8. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒިފާގެ

މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ

މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް

އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

- ލިބިފައިވާ ތަޢުލީމާއި ތަމްރީން

- ސިވިލް ސަރވިސް އަށް ވަނުމަށް ދެވޭ އިމްތިޙާން

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަދި

- އިންޓަވިއު

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 13 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ

ކުރިން މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: [email protected] އަށް

ފޮނުވުމުންވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ

ދުވަހުގެ މުއްދަތަށް ވަޒީފާއަށް އެދޭ ފޯމުތައް ބަލައިގަނެވޭނެއެވެ. ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ ވަޒީފާއަށް އެދޭ ފޯމު

ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 17 ސެޕްޓެމްބަރ 2018 އާއި

 19 ސެޕްޓެމްބަރ 2018 އާ ދެމެދު، މާލެއަތޮޅު ހުރާ ކައުންސިލް އިދާރާގައެވެ.

ޝޯޓް ލިސްޓް ކުރުން: މި ވަޒިފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،

ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640074 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6640074 އެވެ.

އީ މެއިލް ކުރައްވާނީ [email protected] އަށެވެ.

                          02 ސެޕްޓެމްބަރ  2018

                          22  ޛުލްޙިއްޖާ  1439

02 ސެޕްޓެންބަރު 2018