ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)459-DR/1/2018/126
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 11 ސެޕްޓެންބަރު 2018 14:00
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަށް މެންބަރަކު ހޮވުމަށްޓަކައި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ފުރުޞަތު ހުޅުވާލުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަށް މެންބަރަކު ހޮވުމަށްޓަކައި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ފުރުޞަތު ހުޅުވާލުން.

 

          ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) 5ވަނަ މާއްދާގެ (ހ)ގެ (4)ގައި ނަފްސާނީ ބަލިތަކާ ބެހޭ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން އެ މީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ކުރި، މި މިނިސްޓްރީގެ ނަންބަރު (IUL)459-DR/459/2018/20459 (5 އޮގަސްޓް 2018) އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ.

          ވީހާވެސް ގިނަ ފަރާތްތަކަށް ވޯޓުލުމުގެ ފުރުޞަތު ދިނުމަށްޓަކައި، އިސްވެދެންނެވުނު އިޢުލާން ބާޠިލުކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލައްވައިފައިވާ ބޭފުޅުންގެ މެދުގައި ބޭއްވޭ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ. މިގޮތުން މިކައުންސިލަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ބައިވެރިވެވޭނީ މޯލްޑިވްސް އެލައިޑް ކައުންސިލް އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރަޖިސްޓްރީގައި ހިމެނޭ ނަފްސާނީ ބަލިތަކާއި ބެހޭ ޞިއްޙީ ޚިދުމަތްތެރިންނަށް ކަމުގައި ދަންނަވަމެވެ.

          ވީމާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަށް ކުރިމަތިލައްވާފައިވާ މެންބަރުން ހޮއްވެވުމަށްޓަކައި ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން 11 ސެޕްޓެންބަރު 2018 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށް އެދޭ ފޯމު" ފުރިހަމަކުރައްވާ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ހުށައެޅުއްވުމަށް ނުވަތަ އީމެއިލް([email protected])   މެދުވެރިކޮށް ފޮނުއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި މިމިނިސްޓްރީގެ ވެބްސައިޓު (www.gender.gov.mv) އިން ލިބިވަޑައިގަންނަވާނެއެވެ.

          މި ދެންނެވި ދާއިރާއިން މެމްބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ކުރިމަތުލުމުގެ ފުރުޞަތު މި މިނިސްޓްރީން ހުޅުވައިލުމުން ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ކެނޑިޑޭޓް ނަންބަރުތައް ތަރުތީބުކުރެވިފައިވާ ގޮތް ތިރީގައި މި ވަނީއެވެ.

ކެނޑިޑޭޓް ނަމްބަރު

ފުރިހަމަ ނަން

އެޑްރެސް

އަތޮޅާއި ރަށް

1

ޝެހެނާޒް އިސްމާޢީލް

މ.ފޮނިހެލެބެލިގެ

ކ.މާލެ

2

މުޙައްމަދު މުޞްޠަފާ ފާރޫޤު

މއ. ނޫރަނުގެ

ކ.މާލެ

3

ޢަބްދުﷲ ފަޞީޙް

ތްރީފްލާވަރ

ސ.މީދޫ

5

ސަމްހާ ނަޞީރު

ގޮމަށިމާގެ

މ.މުލައް

          މިހެންވެ މި ކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

2 ސެޕްޓެންބަރު 2018

* * * * * * * * *

02 ސެޕްޓެންބަރު 2018