ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2018/63
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 10 ސެޕްޓެންބަރު 2018 14:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ރ. މީދޫ ސީއެމްބިއުލަންސް)

ރ. މީދޫގައި އޮންނަ ސީ އެމްބިއުލަންސްއަށް  ކޮންޓްރެކްޓް އުޞޫލުން މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.

މަޤާމު:

ޑްރައިވަރ

ބޭނުންވާ އަދަދު:

1

މުސާރަ:

(މަހަކު) -/5020 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/2000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ 

ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް މަހަކު -/1757 ރުފިޔާގެ އިތުރުން ޔުނީފޯމް އެލަވަންސްއަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. ( މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއި އަދި ޔުނީފޯމް އެލަވަންސްއަށް މުޅިޖުމްލަ މަހަކު -/8877 ރުފިޔާ ލިބޭނެއެވެ.) މީގެ އިތުރުން  ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ އާއި،  ޝިފްޓް ޑިއުޓީ އެލަވަންސްއާއި، އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އާއްމުކޮށް މަސައްކަތް ކުރަންޖޭ ތަން.

ރ. މީދޫ

ފެންވަރު ނުވަތަ ޝަރުތު:

 

1-      ނެވިގޭޝަން ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާއެކު ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން އޭ،ބީ،ސީ ލައިސަންސް ލިބިފައިވުން.

2-      ޕެޓްރޯލް އަދި ޑީސަލް އިންޖީނުއެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، މިފަދަ އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރު ދުވަހުގެ ޢަމަލީ ތަޖްރިބާ ލިބިފައިވުމާއި، ގިނަވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްހުރި މީހަކު ކަމުގައިވުން.

ވަޒީފާގެމައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

ސީ އެމްބިއުލަންސްގެ ކެޕްޓަނެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުން.

މަޤާމު:

ފަޅުވެރި

ބޭނުންވާ އަދަދު:

1

މުސާރަ:

(މަހަކު) -/4465 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/1500 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ 

ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް މަހަކު 1562.75 ރުފިޔާގެ އިތުރުން ޔުނީފޯމް އެލަވަންސްއަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. ( މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއި އަދި ޔުނީފޯމް އެލަވަންސްއަށް މުޅިޖުމްލަ މަހަކު 7627.75 ރުފިޔާ ލިބޭނެއެވެ.) މީގެ އިތުރުން  ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ އާއި،  ޝިފްޓް ޑިއުޓީ އެލަވަންސްއާއި، އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އާއްމުކޮށް މަސައްކަތް ކުރަންޖޭ ތަން:

ރ. މީދޫ

ފެންވަރު ނުވަތަ ޝަރުތު:

 

އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ކަނޑުމަތީ އުޅަނދުފަހަރުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުމާއި ގިނަ ވަގުތު ކަނޑުމަތީ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާގެމައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

ސީ އެމްބިއުލަންސްގެ ފަޅުވެރިއެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުމުގައި ޑްރައިވަރަށް އެހީތެރިވުން.

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ،  10 ސެޕްޓެންބަރު  2018 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ ރ. މީދޫ ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 9708060 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

 19 ޛުލްޙިއްޖާ 1439

30 އޮގަސްޓް 2018