ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) H-12SM/2018/03
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 10 ސެޕްޓެންބަރު 2018 13:30
މާފުށީ ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމިއުނިޓީ ހެލްތު އޮފިސަރ

 

މިމަރުކަޒުން ކުރިން ކޮށްފައިވާ ކޮމިއުނިޓީ ހެލްތު އޮފިސަރ މަޤާމުގެ އިޢުލާނު ނަންބަރު  IUL) H-12SM/2018/02) (ތާރީޚް:17 ޖުލައި 2018 ) ބާތިލް ކުރެވިފައި ވާތީ  އަލުން އިޢުލާން ކުރަމެވެ.

 

މަޤާމު

ކޮމިއުނިޓީ ހެލްތު އޮފިސަރ

މަޤާމުގެ ނަންބަރު

J-296351

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމްގެ ގިންތި

ދާއިމީ

މަޤާމްގެ ރޭންކް

އެމް.އެސް 2

މަޤާމްގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ކ.މާފުށީ ޞިއްޙީމަރުކަޒު

މުސާރަ

-/6295 ރުފިޔާ

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް

ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28

އެހެނިހެން އެލަވަންސް

- ރިސްކް އެލަވަންސް ގެ ގޮތުގައި މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

-ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  • ޕަބްލިކް ހެލްތުގެ މަސައްކަތްތަކާއި ގުޅިފައިވާ ޑޭޓާ ބޭސްތައް ގަވައިދުން އަޕްޑޭޓް ކުރަމުން ގެންދިއުން
  • ރަށަށް އަމާޒުކޮށްގެން ޢާއްމު ޞިއްޙަތުގެ ޕްރޮގްރާމްތަކާއި، ޞިއްޙީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން.
  • ހޮޓާ، ހެފޭ، ރެސްޓޯރެންޓް އަދި ހެދިކާ ހަދާ ތަންތަނާއި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުން ދޭ ޚިދުމަތްތައް ކަނޑައަޅާފައިވާ ޞިއްޙީ ޚިދުމަތްދޭ މިންގަނޑު ތަކާ އެއްގޮތައްތޯ އިންސްޕެކްޓް ކުރުމާއި އަދި ސެޓްފިކެޓް ދޫކުރުން
  • މަސްދޯނިތައް އިންސްޕެކްޓް ކުރުމާއި ސެޓްފިކެޓް ދޫކުރުން.
  • ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ކަނޑައެޅޭ ތަންތަން ޗެކް ކުރުމާއި ސެޓްފިކެޓް ދޫކުރުން.
  • ރަށުގައި ރޯގާ ބަލިމަޑުކަމެއް އުޅޭނަމަ އެކަން ޢާންމުންގެ ސަމާލުކަމަށް ގެނައުން.
  • ދާނުގައި ތިބޭ ބަލިމީހުންގެ ޞިއްޙީ ހާލަތު ރަނގަޅު ކުރުމަށް ހިންގޭ ޕްރޮގްރާމްތައް ޤަވާއިދުން ރާވާ ހިންގުން.
  • ކޮމިއުނިކަބަލް އަދި ނޮން ކޮމިއުނިކަބަލް ޑިޒީޒް ކޮންޓްރޯލްކުރުމަށް ހިންގޭ ޕްރޮގްރާމްތައް ޤަވާއިދުން ރާވާ ހިންގުން.
  • މާބަނޑު މީހުންގެ ކްލިނިކްތައް ރާވާ ހިންގުން.
  • ސްކޫލް ހެލްތު ޕްރޮގްރާމް ރާވާ ހިންގުން.
  • ވެކްސިން، ވިޓަމިން އޭ އަދި ފަނީބޭސް ދިނުމުގެ މަސައްކަތްތަކާއި ރެކޯޑް ބެލެހެއްޓުން
  • ފަސް އަހަރުން ދަށުގެ ކުދިން ބަރުދަން ބެލާ، އިސްކޮޅު ބެލުމާއި ރެކޯޑް ބެލެހެއްޓުން.
  • ފެމެލީ ޕްލޭނިންގ ގެ މަސައްކަތް ކުރުމާއި ރެކޯޑް ބެލެހެއްޓުން.
  • މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން.
  • ޕަބްލިކް ހެލްތާއި ގުޅޭ މަންތްލީ ރިޕޯޓްތައް ތައްޔާރުކޮށް އަތޮޅު ޞިއްޙީމަރުކަޒަށް ފޮނުވުން.

 

   މަޤާމުގެ ޝަރުތުތައް:

 

ކޮމިއުނިޓީ ހެލްތު، ޕްރައިމަރީ ހެލްތުކެއަރ ނުވަތަ ޕަބްލިކް ހެލްތު އާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1 - ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު މި ފޯމު ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ހެލްތުގެ (www.health.gov.mv ) ވެބްސައިޓުންނާއި މި މަރުކަޒުގެ އޮފީހުން ލިބެންހުންނާނެއެވެ.

2 - ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭގެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އިނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

     (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ،   ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ )

       (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-ވަޒީފާގެ މަސައްކަތުގެ ދާއިރާ އާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓުގެ ކޮޕީ.

8-  މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ދޫކުރާ މުއަދަތު ހަމަނުވާ ރަޖިސްޓްރޭޝަން އަދި ލައިސެންސްގެ ކޮޕީ.

9- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދަޢުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި  ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިގޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

-          ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

-          ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި :

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ސެޕެޓެންބަރު 10 ވާ ހޯމަ  ދުވަހުގެ 13:30 ގެ ކުރިން، މާފުށި ޞިއްޚީމަރުކަޒުގެ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ  ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި   މުއްދަތު:

 

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މާފުށީ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް  ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މާފުށީ ޞިއްޙީމަރުކަޒުގެ ނަންބަރު 6640414 ފޯނާއެވެ.  

 

30 އޮގަސްޓް 2018