ކުއްޔަށް ހިފުން
ނަންބަރު: 171-G1(b)/IUL/2018/061
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 15:31
ސުންގަޑި: 04 ސެޕްޓެންބަރު 2018 11:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ޕޮލިސް ސަރވިސްގެ ބޭނުމަށް މާލެ ސަރަހައްދުގައި ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް ކުރުމަށް ކޮންޓްރެކްޓް އުޞޫލުން ފެރީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު 

  • މި ސަރވިސްއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުން ގޮވައިގެން މާލެ ސަރަހައްދުގައި ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް ކޮށްދިނުމަށް ފެރީގެ ޚިދުމަތް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ ކޮންޓްރެކްޓް އުޞޫލުން މި ޚިދުމަތް ފޯރުކޮށް ދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް މިއަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެމެވެ.
  • ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2018 އޮގަސްޓު 30 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2018 ސެޕްޓެމްބަރ 04 ވާ އަންގާރަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 100/- (ސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މި ސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  • މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2018 ސެޕްޓެމްބަރ 05 ވާ ބުދަ ދުވަހުގެ 11:30 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ސެޕްޓެމްބަރ 04 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މި ސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
  • ބީލަން ހުޅުވުން އޮންނާނީ 2018 ސެޕްޓެމްބަރ 12 ވާ ބުދަ ދުވަހުގެ 11:30 ގައި މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތާއި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް އަދި ބިޑް ހުޅުވާ ބައްދަލުވުމުގައި ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

                              29  އޮގަސްޓް 2018 މ.

29 އޮގަސްޓް 2018