ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)227-ID/227/2018/42
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 12 ސެޕްޓެންބަރު 2018 11:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމަރޖެންސީ ޕަންޕް ސިސްޓަމް ޤާއިމުކުރުމުގެ ޕްރޮޖްކްޓަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ށ.އަތޮޅުގެ ރަށްރަށުގައި އިމަރޖެންސީ ޕަންޕް ސިސްޓަމް ޤާއިމުކުރުމުގެ ޕްރޮޖްކްޓަށް ބޭނުންވާ ތިރީގައިވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ޢިދާރާގެ ނަންބަރު: (IUL)227-ID/227/2018/28 (15 މެއި 2018) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑުހުށައަޅުއްވާފައި ނުވާތީ، އެ  އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލުމަށް ކުރެވުނު މި ޢިދާރާގެ ނަންބަރު: (IUL)227-ID/227/2018/31 (06 ޖޫން 2018) އިޢުލާނާއި ގުޅިގެން ހުށައަޅުއްވާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

#

ތަފްޞީލް

ބޭނުންވާ ޢަދަދު

1

"3 ފެން ޕަންޕް

14

2

100 މީޓަރ ހޮޅި (3 އިންޗި)

14

 

ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 5ވާ ބުދަ ދުވަހުގެ 11:00އަށް މިއިދާރާއަށް ނުވަތަ މާލެއިންނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  2018 ސެޕްޓެމްބަރ 12ވާ ބުދަ ދުވަހުގެ 11:00އަށް މިއިދާރާއަށް ނުވަތަ މާލެއިންނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

            މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނި، ޕާޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި މިއިދާރައިގެ 6540025، 6540038 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

                    18 ޛުލްޙިއްޖާ 1439

                    29 އޮގަސްޓް 2018

29 އޮގަސްޓް 2018