ދިވެހިރާއްޖެ
އިޢުލާން
މަޤާމް: މެނޭޖަރ އެޕްލިކޭޝަން ޑިވެލޮޕްމަންޓް
ބޭނުންވާ އަދަދު: 1
މަޤާމުގެ ގިންތި: ކޮންޓްރެކްޓް (1 އަހަރު)
މަޤާމުގެ ކްލެސިފިކޭޝަން: މެނޭޖަރ
ސެކްޝަން: ޑިޖިޓަލް ސްކޫލް ސެކްޝަން
މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވަޒީފާ އަދާކުރަން ޖެހޭ ތަން: މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ
މުސާރައާއި އެލަވަންސް: މަހަކު -/16,000 ރުފިޔާ
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ޑިޖިޓަލް ސްކޫލް ޕްލެޓްފޯމަށް ބޭނުންވާ އެޕްލިކޭޝަންތައް ޑިވެލޮޕް ކުރުން.
- ސޮފްޓްވެއަރ އަށް ދިމާވާ މައްސަލަތައް ދެނެގަނެ އެކަން ޙައްލުކުރުން.
- ސޮފްޓްވެއަރ އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާގޮތްތައް ދެނެގަނެ، އަހަރުން އަހަރަށް އަޕްޑޭޓް ކުރުން.
- ޑިޖިޓަލް ކޮންޓެންޓް ތައްޔާރުކުރުމަށް ޓީޗަރުންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ޕްލެޓްފޯމެއް ތައްޔާރުކުރުން. މި ޕްލެޓްފޯމުގެތެރެއިން އޯޕަންސޯސް / ޕެއިޑް އެޕްލިކޭޝަން ތައް ޓީޗަރުންނަށް ލިބޭނެގޮތްތައް ހޯދުން.
- އެން.އައި.އީ. އާ ގުޅިގެން ކަރިކިޔުލަމް ޑިޖިޓައިޒް ކުރުމަށް ކަރިކިއުލަމް ޕޯޓަލް އެއް ތައްޔާރުކުރުން.
- އޮންލައިން ޑިޖިޓަލް ލައިބްރަރީތަކުގެ ސަބްސްކްރިޕްޝަން ހޯދައި، ކިޔަވާ ކުދިންނަށާއި ޓީޗަރުންނަށް ފޯރުކޮށްދިނުން.
- ޓީޗަރުންގެ މެދުގައި މަޢުލޫމާތުތައް ޙިއްޞާކުރުމަށް ފޯރަމް އެއް ތައްޔާރުކުރުން.
- ޑިޖިޓަލް ޓެކްނޮލޮޖީ އަށް އަންނަ ކުރިއެރުންތައް ދެނެގަނެ، ޕްލެޓްފޯމާއި އެޕްލިކޭޝަންތައް ޒަމާނީކުރުން.
- ޖީ ސޫޓް އެކައުންޓްތައް މެނޭޖް ކުރުން.
- ޑިވައިސް ތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ ކަންކަން ޙައްލުކުރުން.
މަޤާމުގެ ޝަރުޠު:
- އައި.ޓީ. ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން، ނުވަތަ
2. އައި.ޓީ. ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ދަށްވެގެން ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، އައި.ޓީ. ދާއިރާއިން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން www.moe.gov.mv މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 5 ސެޕްޓެމްބަރ 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މި މިނިސްޓްރީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3321201 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ، އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 6 ސެޕްޓެމްބަރ 2018 އާއި 16 ސެޕްޓެމްބަރ 2018 އާ ދެމެދު، ގައެވެ. ވުމާއިއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
މަޤާމު: |
ޖުމްލަ އިންސައްތަ: |
މެނޭޖަރ އެޕްލިކޭޝަން ޑިވެލޮޕްމަންޓް |
45 |
އިތުރު މަޢުލޫމާތު ހޯދުން:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7770593 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3321201 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
18 ޛުލްޙިއްޖާ 1439