ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)22-PU/1/2018/151
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 28 ސެޕްޓެންބަރު 2018 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2019 ވަނަ އަހަރު ދަރިވަރުންނަށް ދޫކުރެވޭ ސްޓޭޝަނަރީ ވައުޗަރ ދޫކުރުމަށް ރަޖިސްޓްކުރުމާ ގުޅޭ:

އިޢުލާން

2019 ވަނައަހަރު ދަރިވަރުންނަށް ދޫކުރެވޭ ސްޓޭޝަނަރީ ވައުޗަރއަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ޝައުޤުވެރުވެލައްވާ، ވިޔަފާރިކުރުމުގެ ހުއްދަ އޮތް ފަރާތްތަކުން މިމިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލަމެވެ.

ވީމާ ސްޓޭޝަނަރީ ވައުޗަރއަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ސެޕްޓެންބަރު 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން "ސްޓޭޝަނަރީ ވައުޗަރ ދޫކުރުމަށް ރެޖިސްޓްރީ ވުމަށްއެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ހ. ވެލާނާގެ 8 ވަނަ ފަންގިފިލާގައި ހުންނަ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. 2018 ވަނަ އަހަރު ދަރިވަރުންނަށް ސްޓޭޝަނަރީ ވައުޗަރ ދޫކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުންވެސް 2019 ވަނަ އަހަރަށް އަލުން ރަޖިސްޓްރީ ކުރަންޖެހޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަމްބަރު ފޯނާއެވެ.

29 އޮގަސްޓް 2018