ދިވެހިރާއްޖެ
ސިނަމާލެ 1،2،3،4 އަދި މާލެހިޔާ 1،2 މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ބޭނުންވާ ތަކެތީގެ ތަފްސީލު ތިރީގައިވާ ތާވަލްގައި އެވަނީއެވެ.
ބޭނުންވާ އަދަދު |
ތަފްޞީލް |
ޑެލިވަރީ ސައިޓް |
161 |
ސީލިންގ މައުންޓް ލައިޓް އެލްއީޑީ 18ވޮޓް |
އާއްމުޙިދުމަތާބެހޭ ބައި / ކ.މާލެ |
13 |
ސްވިޗް ސިންގަލްގޭންގު 13އެމްޕެއަރ |
އާއްމުޙިދުމަތާބެހޭ ބައި / ކ.މާލެ |
2 |
ސީލިންގ ފަންކާ 18އިންޗީގެ |
އާއްމުޙިދުމަތާބެހޭ ބައި / ކ.މާލެ |
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 05 ވާ ބުދަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.