ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2018/94
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 20 ސެޕްޓެންބަރު 2018 00:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތަކުގައި ޑަސްޓްބިން ބެހެއްޓުމާއިގުޅޭ

އިޢުލާން

 

ރަށުގެ މަގުތަކުގައި ޑަސްޓްބިން ބެހެއްޓުމާއިގުޅޭ

ރަށުގެ އާންމު ސާފުތާހިރުކަން އިތުރު ކުރުމުގެ ގޮތުން ރަށުގެ އުތުރުފަރާތު ބަނދަރުގައި މީގެ ކުރިންވަނީ ޑަސްޓްބިން ބެހެއްޓިފައެވެ. މިކަމުގެ ތަޖްރިބާއަށް ބަލާ ރަށުގެ ބައެއް މަގުތަކާއި ބައެއް ފިހާރަތައް ހިމެނޭ ސަރަޙައްދުތަކުގެ މަގުމަތީގައި 27 އޯގަސްޓް 2018 ވީ ހޯމަ ދުވަހު ވަނީ ޑަސްޓްބިން ބެހެއްޓިފައެވެ. މި ޑަސްޓްބިން ތަކަކީ ފުޅިއާއި، ދަޅު އަދި ޕެކެޓް ހުސްކޮށްލުމަށްފަހު މަގުމައްޗަށް އެއްލާލުމުގެ ބަދަލުގައި އެތަކެތި އެޅުމަށް ޚާއްޞަކޮށް ބެހެއްޓިފައިވާ ޑަސްޓްބިން ތަކެކެވެ.

ވީމާ، ރަށުގެ އުތުރު ފަރާތު ބަނދަރާއި މަގުތައް ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ހުރިހާ ފަރާތްތަކަކުންވެސް މި ޑަސްޓްބިން ތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، މަތީގައި ދެންނެވިފައިވާ ތަކެތި ބަނދަރުގެ އެކިހިސާބުތަކާއި މަގުތަކާއި އާންމު ތަންތަނަށް އެއްލާލުމުގެ ބަދަލުގައި މި ޑަސްޓްބިންތަކަށް އެތަކެތި އަޅަމުން ގެންދެވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  17 ޛުލްޙިއްޖާ 1439

28 އޮގަސްޓް 2018