މަސައްކަތް
ނަންބަރު: (IUL)23-AP/23/2018/192
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 12:36
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އުފަންވެނި ޞިއްޙަތު ޕްރޮގްރާމުން ތައްޔާރުކޮށްފައިވާ ފުރާވަރު އުމުރު ކުދިންގެ ހެލްތު ސްކްރީންއަށް ބޭނުންވާ ތަކެތި ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

          ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އުފަންވެނި ޞިއްޙަތު ޕްރޮގްރާމުން ތައްޔާރުކޮށްފައިވާ ފުރާވަރު އުމުރު ކުދިންގެ ހެލްތު ސްކްރީންއަށް ބޭނުންވާ ތަކެތި ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަމްބަރ: (IUL)23-AP/23/2018/176   އޮގަސްޓް 06 2018 އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަތީ ދެ ފަރާތަކުންކަމަށް ވެފައި ވާދަކުރާނެ ތިން ފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.  ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 03 ސެޕްޓެމްބަރ 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

17 ޛުލްހިއްޖާ 1439

28 އޮގަސްޓް 2018