ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބުބޭނުންވެއްޖެ
ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ދޭ މަޢުލޫމާތާ އެއްގޮތަށް ހއ. އުތީމުގައި ހުންނަ އުތީމު ގަނޑުވަރުގެ އަށިގޭގެ ފަން ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް މިޑިޕާޓްމަންޓުން ކުރި ނަންބަރު (IUL)222-AH/INDIV/2018/13 (05 ޖޫން 2018) އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅި ފާރާތްތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ އެއިޢުލާން ބާތިލްކޮށް އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު / ހއ. އުތީމު |
ބުދަ |
05 ސެޕްޓެމްބަރ 2018 |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު / ހއ. އުތީމު |
ބުދަ |
12 ސެޕްޓެމްބަރ 2018 |
11:00 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
17 ޛުލްހައްޖު 1439
28 އޯގަސްޓް 2018