ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)365/2018/59
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 08:15
ސުންގަޑި: 06 ސެޕްޓެންބަރު 2018 13:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

އިޢްލާން

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަންބަރު

J-285203

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

ރޭންކް:

އެމް. އެސް 1

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސްރ ގްރޭޑް 1

މަޤާމް އޮތް އޮފީސް

މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ

ޔުނިޓު

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

ވަޒީފާއަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު 5,610.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު2,000.00  ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2:

މަހަކު 700.00 ރުފިޔާ

އިތުރު އިނާޔަތްތައް

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2. ދިވެހިރާއްޖޭގެ ޕެންސަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.  ކައުންޝިލްގެ މަޝްވަރާއާއި، ލަފަޔާއެކު ރަށުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމާއި، ބިން ބޭނުންކުރާ ގޮތެއްގެ މަތިން އެޕްލޭނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން.

2. ކޮންމެ ފަސް އަހަރަކުން އެއްފަހަރު ތައްޔާރުކުރާ ރަށު ތަރައްޤީގެ ޕްލޭންއާއި ފައިނޭންޝިއަލް ޕްލޭން އިދާރާގެ އެހެން ޔުނިޓްތަކުގެ އެހީތެރިކަމާއެކު ތައްޔާރުކުރުމާއި އެ ޕްލޭންތަކަށް އަންނަ ބަދަލުތައް ގެނައުމާއި އަދި އެ ޕްލޭން ހުރި ކަންކަން ތަންފީޒުކުރޭތޯ ބަލާ ޗެކްކުރުން

 

3. ކައުންސިލުން ރާވާ ހިންގާ އެކިއެކި މަޝްރޫއުތަކުގެ މަސައްކަތްތައް ކުރާނޭ ފަރާތްތައް، މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެ މަތީން ހޯދައި، އެފަރާތްތަކާއި ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުންތައް އެކުލަވާލައި، ހަވާލުކުރުވާ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލުމާއި ރެކޯޑުތައް ބެލެހެއްޓުމާއި ރިޕޯޓްތައް ތައްޔާރުކުރުން

4. ކައުންސިލުން ހިންގުމަށް ކަނޑައަޅާ އެކިއެކި މަޝްރޫއުތަކުގެ ޕްރޮޕޯޒަލް ތައްޔާރުކުރުމާއި، ކައުންސިލުން ހިނގާ ޕްރޮގްރާމްތަކުގެ އެސްޓިމޭޓް ތައްޔާރުކޮށް، ކައުންސިލުން އަންގާ ގޮތެއްގެ މަތިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

5. މުލީ ކައުންސިލްގެ އިދާރާއިން ކުރަމުން ގެންދާ ތަރައްޤީގެ ކަންކަމާ ގުޅިގެން ތައްޔާރުކުރަންޖެހޭ އެންމެހައި ޕްލޭންތައް ޔުނިޓް ހަވާލުވެ ހުންނަވާ ފަރާތުގެ މަޝްވަރާއާއެކު ޔުނިޓް އޯވަރސިސް ކުރައްވާ ކައުންސިލަރުންގެ ލަފާގެމަތީން ކުރަމުން ގެންދިއުން

6. ސަރުކާރުން ކައުންސިލާ ހަވާލުކޮށްގެން ރަށުގައި ހިންގާ މަޝްރޫއުތަކާއި އެހެނިހެން މަސްރޫއުތައް މޮނިޓާ ކުރުމާއި، އިވެލުއޭޓްކުރުމާއި ރެކޯޑްތައް ބެލެހެއްޓުމާއި ރިޕޯރޓްތައް ހަދައި ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.

7. ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ބިންތަކާއި، އަމިއްލަ ބިންތަކުގެ ވަގުތީ ރަޖިސްޓްރީއާއި، ގޯތީގެ ރަޖިސްޓްރީ އަދި ޢިމާރާތްތަކުގެ ރަޖިސްޓްރީ ހެއްދުމާއި ރެކޯޑް ބެލެހެއްޓުން

8. ޔުނިޓުން ލިޔަންޖެހޭ ސިޓީ މެސެޖުފަދަ ލިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޔުނިޓުން ރާވާ ހިންގާ ކަންތައްތަކުގެ މަޢުލޫމާތު ނޯޓްކޮށް ކައުންސިލްއިން ދުވަހު ޔައުމިއްޔާގައި ހިމެނުމަށް ދުވަހުން ދުވަހަށް ކޯޕަރޭޓް އެފެއާޒް ޔުނިޓައް ޙަވާލުކުރުން

9. ޔުނިޓަށް ލިބޭ ސިޓީ މެސެޖުތަކަށް ޞައްޙަ މަޢުލޫމާތު އެއްކޮށް ޔުނިޓް ހަވާލުވެ ހުންނަވާ ފަރާތުގެ މަސްވަރާއާއިއެކު ޔުނިޓް އޯވަރސީސްކުރައްވާ ކައުންސިލަރުންގެ ލަފާގެ މަތީން ކައުންސިލުންދޭ ޖަވާބުތައް ތައްޔާރުކޮށް އެފަރާތްތަކަށް ފޮނުވުމާއި، ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.

10. ރަށުގެ ބިމާއި، ފަޅާ، ފަރު ހެޔޮގޮތުގައި ރައްޔިތުންނަށް މަންފާހުރި ގޮތަށް ބޭނުންކުރުމަށް ކައުންސިލުންހަދާ ޤަވާދުތަކާއި އަދި އުސޫލުތަކާ އެއްގޮތަށް އިންތިޒާމްކޮށް އެކަންކަމާގުޅިގެން ހަދަންޖެހޭ އެންމެހައި ޕްލެންތަކާއި ޕްރޮގްރާމްތައް އަދި މަސައްކަތު އެކްޓިވިޓީޒްތައް އެކުލަވާލައި އެކަންކަމުން ނަފާ ނެރެވޭނެގޮތައް މަސައްކަތްކުރުން.

11. ރަށުގެ ޕްލޭނިންގ އާއިބެހޭ އެންމެހައި ދާއިރާތަކުގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީ ތަކަށާއި އަދި އޮފީސްތަކަށް ކަނޑައެޅިފައިވާ މުއްދަތައް ފޮނުވުން.

12. ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ހާއްސަ މަސައްކަތް ތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތްތަކުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

13. ހަމަޖެހިފައިވާ އުސޫލެއްގެ މަތީން ބޯހިމެނުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.

14. ކައުންސިލްގެ އިދާރާ ހުޅުވާ ލެއްޕުމުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލެއްގެ މަތީން ކުރުން

15. ކައުންސިލަށްދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްސަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން އަދި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުތުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކިފެންވަރެއްގައި ޤަބޫލުކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސިޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

 (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނު

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ސެޕްޓެމްބަރ 06 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2018 ސެޕްޓެމްބަރ 09 އާއި 2018 ސެޕްޓެމްބަރ 16 އާ ދެމެދު، މުލަކަތޮޅު މުލީ ކައުންސިލް އިދާރާގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި މަޤާމަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ އިންސައްތަ

މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720508 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

                     މި އިޢުލާނާއި ގުޅިގެން މިއިދާރާއިން މީގެކުރިން ކޮށްފައިވާ ނަންބަރ ILU)365CA/2018/53)

(16 ޖުލައި 2018) އިއުލާނަށް އިޖާބަދީ އެއްވެސްފަރާތަކުން ހުށަހަޅާފައިނުވާތީ އެ އިޢުލާނު ވަނީ ބާތިލުކުރެވިފައެވެ.

 

 

 

28 އޮގަސްޓް 2018