ދިވެހިރާއްޖެ
ނަންބަރު: IUL)285-A/285/2018/28) އިޢުލާން ނ.ހެނބަދޫ ޤަބުރުސްޠާނު ވަށާފާރު ރޭނުމަށް އަލުން އިއުލާނު ކުރުމާބެހޭ މިއިދާރާގެ އިއުލާން ނަންބަރ (IUL)285-A/285/2018/26 އާ ގުޅިގެން އެކަށީގެންވާ ވަރަށް މައުލޫމާތު ސާފުކޮއްފައިނުވާތީ މި އިއުލާން ނަންބަރު ބާތިލްކޮށް އަލުން އިއުލާންކުރަމެވެ. މި އިދާރާއިން ތަކެތި ދިނުމުން ނ.ހެނބަދޫގައި ބޭނުންކުރެވެމުން އަންނަ 02 ޤަބުރުސްޠާގެ ފައުންޑޭޝަން އެޅުމާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ސެޕްޓެންބަރ 2018 ވާ ބުދަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ސެޕްޓެންބަރ 2018 ވާ އާދީއްތަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 16 ޒުލްޙިއްޖާ 1439 27 އޯގަސްޓް 2018 އަބްދުﷲ ޞުލައިމާން ހެނބަދޫ ކައުންސިލް މެންބަރ
|