ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-B13/1/2013/91
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2013
ޕަބްލިޝްކުރި ގަޑި: 14:57
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ރާއްޖެއިން ބޭރަށްދަތުރުކުރާ އުޅަނދުފަހަރު ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް ދިއުމުގެ ހުއްދަ ދިނުމާ ބެހޭ

އިޢުލާން

މި އޮފީހުގެ ނަންބަރު:   14-B13/1/2013/42   (އައި.ޔޫ.އެލް) ( 26 އޮގަސްޓު 2013 ) ގެ އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ރާއްޖޭގެ ބަނދަރުތަކަށް އަންނަ ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުތަކަށް އަރައި ފައިބާ މީހުންނާއި، އަރުވައި ބާލާ ތަކެތީގެ ކަންކަން ހިންގައި ބެލެހެއްޓުމަކީ  މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވީހިނދު މިފަދަ އުޅަނދުފަހަރުގެ ކަސްޓަމްސް ކޮންޓްރޯލް ހަރުދަނާ ކުރުމުގެ ގޮތުން 2014 ޖަނަވަރީ 1 އިން ފެށިގެން، މި އޮފީހުން ދޫކުރާ އިންޓަރ އެޓޯލް ޓްރެވަލިން ޕާރމިޓް ދޫކުރެވޭނީ އެ އުޅަނދެއްގައި މި އޮފީހުން ޤަބޫލުކުރާ ފެންވަރުގެ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭ.އައި.އެސް) ހަރުކުރެވި، މި ސިސްޓަމުގެ އެހީގައި އެ އުޅަނދެއްގެ ޙަރަކާތްތައް ބަލައި މޮނިޓަރކުރެވޭ އުޅަނދުފަހަރަށް ކަމަށް ވާނީ އާންމުކޮށް އެންގިފައެވެ.

ވީމާ، 2014 ޖަނަވަރީ 1 އިންފެށިގެން، ގަވާއިދު ނަންބަރު  R-41 /2011  (ކަސްޓަމްސްގެ ޢާންމު ގަވާއިދު) ގެ ދަށުން އިންޓަރ އެޓޯލް ޓްރެވަލިން ޕާރމިޓް ދޫކުރެވޭނީ އެ އުޅަނދެއްގައި މިއޮފީހުން ޤަބޫލުކުރާ ފެންވަރުގެ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭ.އައި.އެސް) ހަރުކުރެވި، މި ސިސްޓަމުގެ އެހީގައި އެ އުޅަނދެއްގެ ޙަރަކާތްތައް ބަލައި މޮނިޓަރ ކުރެވޭ އުޅަނދުފަހަރަށް ކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 ޞަފަރު 1435

23 ޑިސެންބަރު 2013