މަސައްކަތް
ނަންބަރު: GS-127/2018/012
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 02 ސެޕްޓެންބަރު 2018 13:30
މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
ސްކޫލްގެ 5 ކުލާސްރޫމުގައި ތަށިމުށި ޖެހުމާއި ގުޅޭ

 

އިޢުލާން

        މިސްކޫލްގެ އިރުމަތީ އިމާރާތުގެ  ފަސް ކުލާސްރޫމުގައި ތަށިމުށި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

       މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 2018 ސެޕްޓެމްބަރ 02 ވާ އާދިއްތަ ދުވަހު މެންދުރުފަހު 13:30 ގައި މިސްކޫލްގައެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2018 ސެޕްޓެމްބަރ 09 ވާ އާދިއްތަ ދުވަހު 13:30 ގައި މިސްކޫލްގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށައެޅުމެއް ހޮވުމަށް ޕޮއިންޓް ދިނުމުގައި އަންނަނިވި ކަންތައްތަކަށް ބެލޭނެއެވެ.

1.   މަސައްކަތުގެ އަގު: 65 ޕޮއިންޓް.

2.   މަސައްކަތް ނިންމުމަށް ހުށައަޅާ މުއްދަތު: 25 ޕޮއިންޓް.

3.   މަސައްކަތުގެ ތަޖުރިބާ: 5 ޕޮއިންޓް.

4.   މިފަދަ މަސައްކަތެއް ކުރެވިދާނެ ކަމުގެ މާލީ ޤާބިލްކަމަށް: 5 ޕޮއިންޓް.

  މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިމަސައްކަތަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ.

       ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

   

27 އޮގަސްޓް 2018