ޢާންމު މަޢުލޫމާތު
ނަންބަރު: GS78/IULAAN/2018/9
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 02 ސެޕްޓެންބަރު 2018 11:00
މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
މިސްކޫލްގެ ފާހާނާތަކުގެ ސިވަރޭޖްކަނެކްޝަން އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން  

 

މިސްކޫލްގެ  ފާހާނާތަކުގެ ސިވަރޭޖްކަނެކްޝަން އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

 

ހއ.ކެލާ ޝެއިޚު އިބްރާހީމް ސްކޫލް، ފާހާނާތަކުގެ ސިވަރޭޖްކަނެކްޝަން އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި އެހެން ފަރާތެއް ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއްހައިސިއްޔަތަކުންނެވެ. މަޢުލޫމާތުސާފްކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މިބައްދަލުވުން ނިމުމުގެ ކުރިން ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މިކަމާ ގުޅިގެ ކުރިން ކުރެވުނު އިޢުލާން ( ނަމްބަރ: GS78/IULAAN/2018/7 )  އަށް އަގުހުށައެޅީ އެންމެފަރާތުންކަމަށްވެފައި އެއަގުބޮޑުކަމަށް ފެންނާތީ މިދެންނެވި އިޢުލާން ބާތިލްކޮށް އަލުންއިޢުލާން ކުރަމެވެ.  

 މަޢުލޫމާތު ސާފުކުރުން ފެށޭގަޑި

އަންދާސީހިސާބު ހުށަހެޅުމަށް

2 ސެޕްޓެމްބަރ 2018  ވާ އާދިއްތަ ދުވަހުގެ 11:00

09 ސެޕްޓެމްބަރ 2018  ވާ އާދިއްތަ ދުވަހުގެ 11:00

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މިމަދަރުސާގެ އޭވީރޫމްގައެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށް އެކަންޏެވެ

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ފޯނާއެވެ.

27 އޮގަސްޓް 2018