ދިވެހިރާއްޖެ
އދ. ހަންޏާމީދޫގައި ހެދުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ ވަށާފާރު ރާނައި، ފެންސުޖައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރު (IUL)347/347/2018/64 އިޢުލާނާ ގުޅިގެން ހުށަހެޅި އަގުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލްކޮށް އަލުން ޢިއުލާން ކުރަމެވެ.
އދ. ހަންޏާމީދޫގައި ހެދުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ ވަށާފާރު ރާނައި، ފެންސުޖައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިއިދާރާއިން ތަކެތިދީގެން މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދަންނަވަމެވެ.
| 
 މަޢުލޫމާތު ސާފުކުރެއްވުމަށް  | 
 އަންދާސީ ހިސާބު ހުށައެޅުއްވުމަށް  | 
| 
 2018 ސެޕްޓެމްބަރ 06 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:00  | 
 2018 ސެޕްޓެމްބަރ 10 ވާ ހޯމަ ދުވަހު މެންދުރުފަހު 13:00  | 
މި މަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށައަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅާ ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް އަންނަ މީހާގެ ޙަވާލުގައި ފޮނުއްވުން އެދެމެވެ.