ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS6/1/2018/407
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 19:10
ސުންގަޑި: 27 އޮގަސްޓް 2018 14:30
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީއިން ބޭއްވުމަށް ހަމަޖެހިފައިވާ ހަފްލާއެއްގައި ބޭނުންކުރުމަށް ފްލޯޓެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި މިނިސްޓްރީއިން ބޭއްވުމަށް ހަމަޖެހިފައިވާ ހަފްލާއެއްގައި ބޭނުންކުރުމަށް މިނިސްޓްރީއިންދޭ ކޮންސެޕްޓާއި އެއްގޮތަށް ފްލޯޓެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2018/397 (20 އޯގަސްޓް 2018) އިޢުލާނާއި ގުޅިގެން އެކަޝީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޯގަސްޓް 27 ވާ ހޯމަ ދުވަހުގެ 14:30 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިޢުލާނާއި ގުޅިގެން އުފެދޭ ސުވާލުތައް 2018 އޯގަސްޓް 27 ވާ ހޯމަ ދުވަހުގެ މެނަދުރު 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުންއެދެމެވެ.

26 އޮގަސްޓް 2018