ދިވެހިރާއްޖެ
އެއަރކޮންޑިޝަނަރ ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މިކުންފުނީގެ މައި ޢިމާރާތުގައި ހަރުކުރެވިފައި ހުރި އެންމެހާ އެއަރކޮންޑިޝަނަރ ސާރވިސްކޮށް ދިގުމުއްދަތަކަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 117ADM-HR/MPL/2018/ (05 އޮގަސްޓް 2018)ގެ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، މިނަންބަރު އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 އޯގަސްޓް 30 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް ޕޯސްޓް ބިލްޑިންގ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2018 ސެޕްޓެމްބަރ 06 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް މިކުންފުނީގެ 5ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.