ދިވެހިރާއްޖެ
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު
މިކުންފުނީގައި ބޭނުން ކުރުމަށް ތެޔޮ އުފުލާ ބާރޖެއް ( މަދުވެގެން 120000 ލީޓަރު ޑީސަލް އަދި 15000 ލީޓަރުގެ ޕެޓްރޯލް އުފުލޭ ) ކުއްޔަށް ހިފަން ބޭނުންވެއެވެ.
ވީމާ، ތެޔޮ އުފުލާ ބާޖެއް ކުއްޔަށް ދޫކުރަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އޯގަސްޓް 2018 ވާ ހޯމަ ދުވަހުގެ 11:00 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 06 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331456 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.