ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ހއ. އިހަވަންދޫ
ދިވެހިރާއްޖެ
ނަމްބަރ: IUL248-CAA/248/2018/63
އިޢުލާން
ހއ. އިހަވަންދޫ އިން ބަންޑާރަ ގޯތި ދޫކުރުން:
ހއ. އިހަވަންދޫން ގޯއްޗަށް އެދޭ ފަރާތްތަކަށް 26 އޯގަސްޓް 2018 ވާ އާދީއްތަ ދުވަހުން ފެށިގެން ގޯއްޗަށްއެދޭ ފޯމް ދޫކުރާގޮތަށް ހަމަޖައްސައި ފީމެވެ.
ވީމާ، ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގައި ހުންނަންޖެހޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށްއެދޭ ފޯމް ފުރުއްވައި 12 ސެޕްޓެމްބަރ 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ގޯއްޗަށް އެދޭ ފޯމް ލިބޭނީ، ގޯއްޗަށް އެދޭމީހާ ނުވަތަ އޭނާގެ ބަދަލްގައި ފޮނުއްވާ މީހަކު މި އިދާރާއަށް ދުރުވުމުންނެވެ. ބަދަލްގައި މީހަކު ފޮނުއްވާނަމަ ސިޓީއެއް ފޮނުއްވަން ވާނެއެވެ. އެ ސިޓީގައި ފޯމް ޙަވާލުވުމަށް ފޮނުއްވާ މީހާގެ ނަމާއި، އެޑްރެސް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު އޮންނަން ވާނެއެވެ. ފޯމް ދޫކުރަން ހަމަޖެހިފައިވަނީ، ރަސްމީ ބަންދުނޫން ދުވަސް ތަކުގެ ހެނދުނު 10:00 އިން މެންދުރު 12:00 އާ ދެމެދުގައެވެ. ފޯމް ބަލައި ގަތުން އޮންނާނީ ރަސްމީ ބަންދުނޫން ދުވަސްތަކުގެ މެންދުރު 12:00 އިން 14:00 އާ ދެމެދުގައެވެ.
ގޯތި ދޫކުރާނީ މިރަށު ނޫރާނީމަގުގެ ހުޅަނގުކޮޅު ދެކުނުން، ކަތީބު ކަލޭފާނުމަގުގެ ހުޅަނގުން އޮތް ސަރަޙައްދުންނާއި ކަތީބު ކަލޭފާނުމަގުގެ އިރުން ޒިޔާރަތްމަގުގެ ދެކުނުން އޮތް ސަރަޙައްދުންނާއި ރާދަހިނގުން ( ކުޅިމަގު ) އުތުރުން އޮތް ސަރަޙައްދުންނެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ 1600 އަކަފޫޓުގެ 100 ގޯއްޗެވެ.
ގޯއްޗަށް އެދޭ މީހުންގައި ހުންނަންޖެހޭ ޝަރުޠު:
- ދިވެހިރައްޔިތަކު ކަމުގައިވުން.
- އުމުރުން 18 އަހަރުވެފައިވުން.
- ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން.
- އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބަޔެއް މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން.
- ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.
- އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.
- ގޯއްޗަށް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ ޢަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއާއި އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާމެދު ޢަމަލުކޮށްފައިވާ ގޮތުގެމައްޗަށް ރިޢާޔަތްކޮށް، އަދި ގޯއްޗަށް އެދިފައިވަނީ ދެމަފިރިން ކަމުގައިވާނަމަ ދެމަފިރިންނަށް ދެގޯތިނުނެގޭނެ ގޮތެއް ބަލާ، އެމީހަކީ، ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް، "ދިރިއުޅުމަށްޓަކައި، ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދު" ގެ16 ވަނަ މާއްދާގައި ބުނާ ކޮމިޓީއަށް ފެނުން.
ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދެވޭގޮތް
1. ކައިވެނީގެ ބައި :
ހ |
މީހަކާ އިނދެގެން ހުރިނަމަ |
20 ޕޮއިންޓް |
ށ |
ފިރި/ އަނބި ނިޔާވެ ހުވަފަތްވެފައިވާނަމަ ދަރިން ތިބިނަމަ |
20 ޕޮއިންޓް |
ނ |
ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބިނަމަ |
15 ޕޮއިންޓް |
ނ |
ކައިވެންޏަށް 01 އަހަރުވެފައިވާނަމަ 01 ޕޮއިންޓް އިތުރުވާ ކޮންމެ އަހަރަކަށް 01 ޕޮއިންޓް. ( މިގޮތުން ގިނަވެގެންދެވޭނީ 06 ޕޮއިންޓެވެ. ) |
01 ޕޮއިންޓް |
2. ޢުމުރުގެ ބައި :
ހ |
ޢުމުރުން 18 - 25 އަހަރާ ދެމެދު ނަމަ |
05 ޕޮއިންޓް |
ށ |
ޢުމުރުން 25 އަހަރުން މަތިނަމަ |
07 ޕޮއިންޓް |
3. ދަރިންގެ ބައި:
ހ |
18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ |
06 ޕޮއިންޓް |
ށ |
18 އަހަރުންދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް ( މި ބަޔަށް ގިނަވެގެން ދެވޭނީ 20 ޕޮއިންޓެވެ. ) |
05 ޕޮއިންޓް |
ނ |
ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ ކުއްޖަކުހުރިނަމަ |
03 ޕޮއިންޓް |
ރ |
ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ 1 ކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް 04 ޕޮއިންޓް. (ގިނަވެގެން ދެވޭނީ 08 ޕޮއިންޓް) |
04 ޕޮއިންޓް |
4. މައިންބަފައިންގެ ބައި :
ހ |
މަންމަ ބަލަމުންގެންދާނަމަ |
03 ޕޮއިންޓް |
ށ |
ބައްޕަ ބަލަމުންގެންދާނަމަ |
03 ޕޮއިންޓް |
ނ |
މައިންބަފައިންނާއި ދަރިންފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންގެންދާނަމަ |
03 ޕޮއިންޓް |
5. ރަށްވެހިކަމުގެބައި :
ހ |
ރަށުގެ ރައްވެއްސެއްނަމަ |
20 ޕޮއިންޓް |
ށ |
ރަށުގައި ދިރިއުޅޭނަމަ |
10 ޕޮއިންޓް |
ނ |
ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް މިރަށުގައި ދިރިއުޅޭތާ 5 އަހަރުވެފައިވާނަމަ |
15 ޕޮއިންޓް |
6. ޕޮއިންޓް އުނިކުރުން :
ހ |
ގޯއްޗަށް އެދިފައިވާ މީހާގެ ފިރިމީހާގެ ނަމުގައި 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ގޯއްޗެއް އޮތްނަމަ |
15 ޕޮއިންޓް |
ށ |
ގޯއްޗަށް އެދިފައިވާ މީހާގެ އަނބި މީހާގެ ނަމުގައި 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ގޯއްޗެއް އޮތްނަމަ |
15 ޕޮއިންޓް |
އިތުރު ތަފްޞީލް :
v ނަމްބަރު 01 ގައިވާ ކައިވެނި ރޫޅިފައިކަމަށް ބަލާނީ ގޯއްޗަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަށެވެ. އަދި އަނބި ފިރި މަރުވެ ހުވަފަތްވުމުގެ ޙާލަތުވެސް ބަލާނީ ދެންނެވުނު ގޮތުގެ މަތިންނެވެ. ( އަދި މިބައިން މާރކްސް ދޭއިރު މަންމަ ދަރިން ބަލަމުން ގެންދިޔަ ނަމަވެސް ދަރިންގެ ބައްޕަ ދަރިންނަށް ޚަރަދު ކުރަމުންދާކަމުގެ ޝަރުއީ ލިޔުން ދަރިންގެ ބައްޕަ ގޯއްޗަށް އެދި ހުށަހަޅާއިރު ހުށަހަޅައިފިނަމަ، މިބައިން އެ ދެފަރާތަށްވެސް ޕޮއިންޓް ލިބޭނެއެވެ. އަދި ކައިވެނީގެ ބަޔަށް ޕޮއިންޓް ދޭވޭނީ، ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާ ވަރި، ކައިވެނީގެ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ.)
v ނަމްބަރ 02 ގައިވާ ޢުމުރުގެ ބައި ބަލާނީ ގޯތި ދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚާ ހަމައަށެވެ. އަދި މިބައިން ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ އެފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީއަށް ބަލައިގެންނެވެ.
v ނަމްބަރ 03 ގެ (ށ) ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިކަމުގައިވިޔަސް ދެވޭނީ ޖުމަލަ 20 ޕޮއިންޓެވެ. އަދި މިބައިން ޕޮއިންޓް ދޭއިރު މަންމަ ދަރިން ބަލަމުން ގެންދިޔަ ނަމަވެސް ދަރިންގެ ބައްޕަ ދަރިންނަށް ޚަރަދު ކުރަމުންދާކަމުގެ ޝަރުއީ ލިޔުން ދަރިންގެ ބައްޕަ ގޯއްޗަށް އެދި ހުށަހަޅާއިރު ހުށަހަޅައިފިނަމަ، މިބައިން އެ ދެފަރާތަށްވެސް ޕޮއިންޓް ލިބޭނެއެވެ. ދަރިންނަށް ޚަރަދުކޮށް ދަރިން ބަލަމުންގެންދަނީ މަންމަ/ބައްޕަ ނުވަތަ އެދެމީހުންގެ ފަރާތުން ބަލަންޖެހޭ ފަރާތެއް ނޫން އެހެން މީހެއްނަމަ، މިބައިން އެއިން އެއްވެސް ފަރާތަކަށް ޕޮއިންޓެއް ނުލިބޭނެއެވެ. އަދި މިބައިން ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާ ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ. އަދި ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންޖެހިފައިވާ ކުދިންނަށް ޕޮއިންޓް ދެވޭނީ، އެ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް އަދި އެކުދިންނަކީ ޚާއްޞަ އެހީއަށް ބޭނުންޖެހިފައިވާ ކުދިންކަން އަންގައިދޭ ޑޮކްޓަރުގެ ލިޔުމެއް ހުށަހަޅާފައި ވާނަމައެވެ.
v ނަމްބަރ 04 ގައިވާ މައިންބަފައިންގެ ބަޔަށް ޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަ އަކީ މުސްކުޅި ވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލަ ޙާލަތަށް ނޫޅެވޭ ފަދަ މީހަކަށްވެފައި އެއިންމީހަކު ގޯއްޗަށް އެދޭ މީހާގެ ގާތުގައި ބަހައްޓައިގެން ބަލަމުން ގެންދާނަމައެވެ. އަދި މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާކަމުގެ ލިޔުމެއް އެފަރާތުން ހުށަހަޅާފައި ވާނަމައެވެ.
v ޝަރުޢީ ގޮތުން ބަލަންޖެހޭ މީހަކު ބަލަމުންދާ ކަމަށް ބެލެވޭނީ އެ މީހަކީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭފަދަ މީހަކަށްވެފައި އެ މީހެއްގެ ގޯއްޗެއް ނެތި ގޯއްޗަށް އެދޭ މީހާގެ ގާތުގައި ބަހައްޓައިގެން ބަލަމުންގެންދާ ނަމައެވެ. އަދި ޝަރުޢީ ގޮތުން ބަލަންޖެހޭ މީހެއް ބަލަމުން ގެންދާނަމަ، ޕޮއިންޓްލިބޭނީ އެފަރާތެއް ބަލަމުން ގެންދާކަމުގެ ޝަރުޢީ ލިޔުމެއް ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާނަމައެވެ.
v ނަންބަރު 05 ގެ (ށ) ގައިވާ ބަޔަށް ޕޮއިންޓްދެވޭނީގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން މިރަށުގައި ދިރިއުޅޭކަން އަންގައިދޭ ރަށުކައުންސިލްގެ ރަސްމީ ލިޔުމެއް އެފަރާތުން ހުށަހަޅާފައިވާނަމައެވެ. (ނ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން ރަށުގައި ދިރިއުޅޭތާ 05 އަހަރުވެފައިވާކަން އަންގައިދޭ ރަށުކައުންސިލްގެ ރަސްމީ ލިޔުމެއް އެފަރާތުން ހުށަހަޅާފައިވާނަމައެވެ.
v ނަންބަރު 06 ގެ (ހ)، (ށ) ގައިވާ ފިރިމީހާ ނުވަތަ އަނބިމީހާއަށް އެއްމެދު ގޯއްޗަކުން 600 އަކަފޫޓް ލިބޭގޮތަށް އޮތްނަމަވެސް މާރކްސް އުނިކުރެވޭނެއެވެ. އަދި ބައި ލިބޭގޮތަށް އޮންނަ އެއްމެދު އެއްގޯއްޗަށްވުރެ ގިނަ ގޯތިން ޖުމުލަ 600 އަކަފޫޓް ލިބޭގޮތަށް، އޮތްނަމަވެސް މާރކްސް އުނިކުރެވޭނެއެވެ.
v ގޯއްޗަށްއެދި ފޯމްހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯއްޗަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚާ ހަމައަށެވެ.
ގޯތިލިބޭގޮތް :
v ގޯތިލިބެންޖެހޭ މީހުން ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ނުވަތަ ގޯތިތަކަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓްލިބިފައިވާ ގިނަ މީހުންތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
v ގޯތި ލިބޭ މީހުން ކަނޑައެޅުމުގައި ކޮންމެ ދެމަފިރިއަކަށް ދެގޯތި ނުލިބޭނެ އުޞޫލުން ވިސްނަވަންވާނެއެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.