މަސައްކަތް
ނަންބަރު: (IUL)438/438/2018/224
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 27 އޮގަސްޓް 2018 13:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެދަށުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮގްރާމްގެ މުރާޖާޢާކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް

ޝައުޤު ވެރިކަން ހުށަހެޅުމުގެ ދަޢުވަތު

 

ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV

 

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެދަށުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮގްރާމްގެ މުރާޖާޢާކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް

 

ނަމްބަރު: IUL)438/438/2018/224)

ރިފަރެންސް ނަމްބަރ: MV-MEE-48441-CS-INDV                                                       ތާރީޚް: 16 އޮގަސްޓް 2018

 

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައިދިނުމަށް މިމިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މުލަކަތޮޅު (މ)، ނިލަންދެއަތޮޅު އުތުރުބުރި (ފ) އަދި ނިލަންދެއަތޮޅު ދެކުނުބުރި (ދ) ހިމެނޭ ޒޯން  4 ގެ ސަރަޙައްދާއި، ކޮޅުމަޑުލު (ތ)، އަދި ހައްދުންމަތި (ލ) ހިމެނޭ ޒޯން5 ގެ ސަރަޙައްދު އެއްކޮށްލައިގެން، ސަރަޙައްދީ ފެންވަރުގައި ކުނިމެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ވާރލްޑް ބޭންކްގެ ހިލޭ އެހީގައި ކުރިއަށްގެންދާ "ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް" (އެމް.ސީ.އީ.ޕީ) ގެ ދަށުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮގްރާމްގެ ކަރިކިއުލަމް މުރާޖަޢާކުރުމަށް ކޮންސަލްޓަންސީ ޚިދުމަތްދޭނެ ފަރާތެއް (އިންޑިވިޖުއަލް ކޮންސަލްޓެންޓެއް) ހޯދުމަށް ވަނީ ބޭނުންވެފައެވެ.

 

މިމަސައްކަތުގެ "ޓަރމްސް އޮފް ރިފަރަންސް" މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިއިޢުލާނާއެކު އެއްއުރަ ކުރެވިފައިވާނެއެވެ.

 

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ދިވެހި ކޮންސަލްޓެންޓުންނަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ތައުލީމީ ގޮތުން ހޯދާފައިވާ ސަނަދުތަކުގެ ތަފްސީލު، މިދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު، މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ. މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތަކާއެކު ކޮންޓްރެކްޓް ނެގޯޝިއޭޓްކުރުމަށް ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.

 

ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 27 އޯގަސްޓް 2018 ވާ ހޯމަ ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުންއެދެމެވެ.

އަހުމަދު ނިޒާމް

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ.

އީމެއިލް:  [email protected]

16 އޮގަސްޓް 2018