ދިވެހިރާއްޖެ
ނަންބަރު:IUL)321/321/2018/90)
އިޢުލާން
މި ކައުންސިލްގެ ބެލުމުގެދަށުގައިވާ ތުޅާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ދޫކޮށްފައިވާ "ކަމަނަ" ގޯތި 1500 އަކަފޫޓަށްވުރެ ބޮޑުނުވާގޮތަށް 03 ބަޔަށް ބައިކުރުމަށްފަހު އެއިން ކޮންމެ ބައެއްވެސް 01 އަހަރުދުވަހުގެ މުއްދަތަށް ވަގުތީގޮތުން ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލައިފީމެވެ. މި ބިން ތަކަށް އަގުހުށަހަޅުއްވަން ވާނީ އަކަފޫޓަކަށް މަހަކަށް 50/- (ފަންސާސްލާރިއަށްވުރެ) ކުޑަނުވާ ގޮތެއްގެ މަތިންނެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
# |
ތަފްޞީލް |
ތާރީޚް |
ގަޑި |
ތަން |
1 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
29 އޮގަސްޓް 2018 (ބުދަ) |
10:00 |
ކައުންސިލްއިދާރާ ޖަލްސާކުރާ މާލަން |
2 |
އަންދާސީ ހިސާބު ހުށަހެޅުން |
05 ސެޕްޓެމްބަރ 2018 (ބުދަ) |
10:00 |
ކައުންސިލްއިދާރާ ޖަލްސާކުރާ މާލަން |
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރަ ބޭރުގައި "ކަމަނަގޯތީގެ ބިން ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އެގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓްތަކާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އއަންދާސީ ހިސާބު ހުށަހަޅަންވާނީ، އަމިއްލަ ފަރުދެއްނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮޕީއެއް އަދި ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ އެތަނެއްގެ ރަޖިސްޓަރޭޝަން ސެޓްފިކެޓްގެ ކޮޕީ އަންދާސީ ހިސާބާއެކު ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6600006 މިނަންބަރާ ގުޅުއްވުން އެދެމެވެ.
05 ޛުލްޙިއްޖާ 1439