ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2018/48
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 08:55
ސުންގަޑި: 30 އޮގަސްޓް 2018 14:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތް

ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ދީފައިވާގޮތް:

 

ގޯއްޗަށް އެދުނު ފަރާތްތަކުގެ ފޯމްތައް ޗެކްކޮށް އެފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތް މިދަންނަވަނީއެވެ. ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ދީފައިވާނީ ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލުގެ ދަށުންނެވެ. މިމަސައްކަތް ކުރެއްވީ ގޯތި ދޫކުރުމާބެހޭ ގޮތުން އެކުލަވާލާފައިވާ ކޮމެޓީންނެވެ.

ވީމާ، ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ކަމެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ ނުވަތަ ޝަކުވާއެއް އޮތްނަމަ 30 އޮގަސްޓް 2018 ގެ ކުރިން ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މިބުރު ދޫކުރުމަށް ހުއްދަ ލިބިފައިވަނީ 14 (ސާދަ) ގޯއްޗެވެ. އެއީ 4000 އަކަފޫޓުގެ 2 ގޯއްޗާއި 3000 އަކަފޫޓުގެ 12 ގޯއްޗެވެ. ގޯތި ލިބެންޖެހޭ މީހުން ހޮވާނީ ޕޮއިނންޓް ލިބިފައިވާ ތަރުތީބުން ގިނަ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ޢަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ އޭގެ ތެރެއިން ގޯތި ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ. ދޫކުރާ ގޯތީގެ ޢަދަދަށް ޕޮއިންޓް ލިބިގެން ހޮވާލެވޭ ފަރާތްތަކަށް ލިބޭނެ ގޯތި ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ. ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތެރޭގައި 2 ސައިޒެއްގެ ގޯތި ހުރުމާއެކު، ގުރުއަތުން ލިބުނު ގޯއްޗަކާމެދު އިތުރު ޝަކުވާއެއް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމުގައިވެސް ދަންނަވެމެވެ.

މި އިޢްލާނާއިއެކު ޕޮއިންޓް ލިބިފައިވާ ގޮތުގެ މަޢްލޫމާތު ޝީޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

13 އޮގަސްޓް 2018