ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2018/63
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 02 ސެޕްޓެންބަރު 2018 13:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން (ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު)

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2018/63  

ތާރީޚް: 15 އޯގަސްޓް 2018

މަޤާމު

ކޮމްޕިއުޓަރ ޓެކްނީޝަން

ރޭންކް: އެމް.އެސް 1

ޢަދަދު

01

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

-/5,610 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: -/1,122  (އަސާސީ މުސާރައިގެ %20)

- ސަރވިސް އެލަވަންސް: -/2,000 

- ލިވިންގ އެލަވަންސް: -/2,550 

 ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

  1. މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން، ނުވަތަ
  2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުންދިޔުމާއިއެކު،GS 4  ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

 

 

  • އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޮމްޕިއުޓަރ ނެޓްވަރކްތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި، ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން.
  • އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި، ޕްރިންޓަރތަކާއި، އައިޓީއާ ގުޅޭ އެހެނިހެން ތަކެއްޗަށް ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމާއި، ޙައްލުނުކުރެވޭވަރުގެ ކަންތައްތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  • އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ފޯލްޑަރ ސްޓަރަކްޗަރތައް އެއްގޮތަކަށް ބެހެއްޓުމަށްޓަކައި ދޭތެރެދޭތެރެއިން ޗެކްކޮށް ބެލެހެއްޓުން.
  • މޯލްޑިވްސް އީ.ކޯޓް މެނޭޖުމަންޓް ސިސްޓަމް(މެމްސް)އާއި، ގަވަރމަންޓް އިލެކްޓްރޯނިކް މެއިލް މެނޭޖްމަންޓް ސިސްޓަމް(ޖެމްސް)އާގުޅޭ ތަމްރީން ހޯދުމަށްފަހު، އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން މިދެސިސްޓަމްގެ ބޭނުންކުރެވޭ ކޯޓުތަކުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމާއި، ދިމާވާ މައްސަލަތަކުގައި މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • އަތޮޅުގެ ކޯޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ކޯޓުތަކުގައި ބޭނުންކުރާ އައި.ޓީ ތަކެއްޗާއި، ސޮފްޓްވެއަރތައް ބޭނުންކުރުމުގެ މަޢުލޫމާތުދީ އަންނަ ބަދަލުތަކަށް ހޭލުންތެރިކުރުވުން.
  • ކޯޓުގެ ފައިލް ސަރވަރ ބެކަޕް ނެގުން އަދި އަތޮޅުގެ އެހެން މެޖިސްޓްރޭޓް ކޯޓުތަކުގެ ފައިލް ސަރވަރ ބެކަޕް ނެގުން އަދި އަތޮޅުގެ އެހެން މެޖިސްޓްރޭޓް ކޯޓުތަކުގެ ފައިލް ސަރވަރ ބެކަޕް ނަގާކަން ކަށަވަރުކުރުން.
  • ކޯޓުންކުރާ ޙުކުމްތަކާއި، ޢަމުރުތައް ޢާންމުކުރުމަށްޓަކައި ކަނޑައެޅިފައިވާ އުޞޫލުން އެކަން ކުރުން.
  • ކޯޓް އެޑްމިނިސްޓްރޭޓަރ އަންގަވާ ގޮތެއްމަތިން ތ. ވޭމަންޑޫ ކޯޓާއި، އަތޮޅުގެ އެހެން މެޖިސްޓްރޭޓް ކޯޓުތަކުގެ މަރާމާތު މަސައްކަތްތައް ކުރުމަށްޓަކައި އިޢުލާން ކުރުމާއި، މަޢުލޫމާތު ތައްޔާރު ކުރުމާއި، ކަމާގުޅޭ އެހެނިހެން އިދާރާ މަސައްކަތްތައް ކުރުން.
  • މަތީގައިވާ ކަންކަމުގެ އިތުރުންވެސް، ޤާނޫނާއި ޤާވާޢިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރާ އެހެނިހެން ރަސްމީ މަސައްކަތް ކުރުމާއި، ކޯޓުން ރާވާ އަދި ހިންގާ އެންމެހައި ކަންތައްތަކުގައި ބައިވެރިވެ އެކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2018 ސެޕްޓެމްބަރު 02 ވާ އާދީއްތަ ދުވަހުގެ 13:30 ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން އަދި މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:6780649 / 3006281 / 3006280
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިއުޓަރ ޓެކްނީޝަން މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް:  40 ޕަސެންޓް 
  • މަސައްކަތުގެ ތަޖްރިބާ: 8 ޕަސެންޓް 
  • އިންޓަރވިއު އާއި މަސައްކަތަށް ބޭނުންވާ ހުނަރަށް : 40 ޕަސެންޓް 
  • ޝަރުޢީދާއިރާގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ އެފަރާތެއްގެ މަސައްކަތު އަޚްލާޤާއި، ޕަރފޯމެންސަށް: 12 ޕަސެންޓް 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބާހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ASP.NET އާއި MVC framework ގައި މަސައްކަތްކުރަން އެނގޭ، CCNA ހާސިލްކޮށްފައިވާ ފަރާތްތަކަށްވުން.
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ލީޑަރޝިފް ދައްކާ، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
  • މަސައްކަތާއި ގުޅޭގޮތުން ދާއިރާގެ ކޯޓުތަކަށް ހިންގޭ ކުރު ތަމްރީނު ޕްރޮގްރާމްތައް ރަވާ ހިންގުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
15 އޮގަސްޓް 2018