ދިވެހިރާއްޖެ
ޖަމާލުއްދީން ސްކޫލް
މާލެ،ދިވެހިރާއްޖެ
ތާރީޚް: 15 އޮގަސްޓް 2018
ނަމްބަރު: JS-A/2018/31
[ވަޒީފާގެ ފުރުޞަތު
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ނަންބަރ |
J-286456 |
ބޭނުންވާ އަދަދު |
01 |
މަޤާމުގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
ޖީއެސް 4 |
މަޤާމުގެ ކުލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 2 |
ސެކްޝަން |
އެޑްމިނިސްޓްރޭޓިވް ސެކްޝަން |
މަޤާމު އޮތް އޮފީސް |
ޖަމާލުއްދީން ސްކޫލް |
ވަޒީފާ އަދާ ކުރަންޖެހޭ ތަން |
ޖަމާލުއްދީން ސްކޫލް / ކ. މާލެ |
މުސާރަ |
-/5020 ރުފިޔާ |
ސަރވިސް އެލަވަންސް |
-/1500 ރުފިޔާ |
އިތުރު އިނާޔަތް ތައް |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބްތައް |
- ސްކޫލް ރިސެޕްޝަންގެ ޑިއުޓީ އަދާ ކުރަންޖެހޭ ވަގުތުތަކުގައި ޑިއުޓީ އަދާކުރުން. އަދި ރިސެޕްޝަނަށް އެކިއެކި ފަރާތްތަކުން ހަވާލުކުރާ ތަކެތި ބަލައިގަތުމާއިއެކު، ދަރިވަރުންނާއި ގުޅުންހުރި ތަކެތި ކިލާސްތަކަށް ފޮނުވުމުގެ މަސައްކަތް ލަސްނުކޮށް ކުރުން. - ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓްފޮތް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން ހޯދުމާއި ދަރިވަރުންނަށް ފޮތް ދޫކުރާނެ އިންތިޒާމް ހަމަޖައްސާ ދަރިވަރުންނަށް ފޮތްތައް ދޫކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން. - ލީޑިން ޓީޗަރު ހަވާލުކުރައްވާ މަސައްކަތާއި ގުޅުންހުރި ލިޔެކިޔުންތައް ޓައިޕްކުރުމާއި ލީޑިންގ ޓީޗަރަށް އެހީތެރިވެ ދެއްވުން. އެކިއެކި ކަންކަމުގައި ދަރިވަރުންނަށް ދެވޭ ސްލިޕްތައް ލީޑިންގ ޓީޗަރގެ ލަފާގެ މަތިން ޓައިޕްކޮށް ޗެކްކުރުމަށްފަހު ޗާޕްކުރުމަށް ހަވާލުކުރުން. އަދި ދަރިވަރުންނަށް ދެވޭ ޓެސްޓް ތަކާއި އެސެސްމަންޓް ތައް ޗާޕްކުރުމުން ޕޭޕަރުތައް އަޅައި ހީރަސްޖަހާ ގްރޭޑް ތަކަށް ފޮނުވުމަށް ތައްޔާރު ކުރުން. އަދި ސްލިޕްތައް ދަރިވަރުންނަށް ހަވާލުކުރުމަށް ފޮނުވިއްޖެތޯ ޔަގީންކުރުން. - ޓީޗަރުންނަށް ހަވާލުކުރަންޖެހޭ ލިޔެކިޔުމާއިބެހޭ ތަކެތި ޓީޗަރުންނަށް ދޫކުރުމާއި، އަހަރު ނިމުމުން ޓީޗަރުންގެ ޓެކްސްޓްފޮތްތަކާއި ހަވާލުވުމާއި، އަދި ދިރާސީ އަހަރު ފެށެންވާއިރަށް ޓީޗަރުންގެ ޓެކްސްޓް ފޮތްތަކާއި، ސްޓޭޝަނަރީ ހޯދާ ތައްޔާރުކޮށް ޓީޗަރުންނާއި ހަވާލުކުރުން. - އެކިއެކި ކަންކަމުގައި ސްކޫލަށް ވަޑައިގަންނަވާ ބެލެނިވެރިންނަށާއި ޢާއްމުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި ދޭންޖެހޭ ޚިދުމަތް ވީ އެންމެ އަވަހަށް ދިނުމަށް މަސައްކަތް ކުރުން. - ސްކޫލަށް ނަގާއެކިއެކި ފަންކްޝަންތަކާބެހޭ ފޮޓޯތައް ފައިލްކޮށް ބެލެހެއްޓުން. އަދި އެކިއެކި މުބާރާތް ތަކުގައި ސްކޫލަށް ލިބޭ ސެޓްފިކެޓްފަދަ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން. - ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އިތުރުން ސްކޫލްގެ ރަސްމީ މަސައްކަތާގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައްކުރުން. |
-މަޤާމުގެ ޝަރުތުތައް- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަޤާމުގެ މަސައްކ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - މަތީ ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެއިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް ' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ނުވަތަ ބިޒިނަސް މެނޭޖްމަންޓް / ބިޒިނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ހުށަހަޅަންޖެހޭތަކެތި: 1-ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިސްކޫލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ. 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3 -ވަޒީފާ އަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4- ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު /ލެވެލް ކަޑައަޅާފައިވާ ރާއްޖޭން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ ސެޓްފިކެޓްގެ ކޮޕީ. 8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް - ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން -ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: ވމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހު ގެ 14:00ގެ ކުރިން، ޖަމާލުއްދީން ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެތަނާއި، މުއްދަތު: މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2018 ސެޕްޓެމްބަރ 02 ން 06 އާއި ދެމެދު ގެ ތާރީޚެއްގައި ޖަމާލުއްދީން ސްކޫލްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚުތަކުގައި އިންޓަރވިއުއަށް ހާޞިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓްލިސްޓް ކުރުން: މިވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ: 3011773 ނަމްބަރު ފޯނާއެވެ. އީމޭއިލް ކުރާނީ [email protected] އަށެވެ. |
04 ޛުލްހިއްޖާ 1439
15 އޮގަސްޓް 2018