ކުއްޔަށް ހިފުން
ނަންބަރު: (IUL)138-AS6/1/2018/307
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 21:21
ސުންގަޑި: 27 އޮގަސްޓް 2018 10:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވިލިމާލެ ޕާކު ސައިޓުގައި ބޭނުންކުރުމަށް 01 އެސްކެވޭޓަރ 15 ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

ވިލިމާލެ ޕާކު ސައިޓުގައި ބޭނުންކުރުމަށް 01 އެސްކެވޭޓަރ ޑީސަލް އަދި އޮޕަރޭޓަރުންނާއިއެކު 15 ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ކުއްޔަށް ހިފަން ބޭނުންވާ އެކްސްކެވޭޓަރުގެ ތަފްސީލީ ލިސްޓް ތިރީގައިވާ ތާވަލްގައި އެވަނީއެވެ.

ބޭނުންވާ އަދަދު

ތަފްޞީލް

މަސައްކަތް ކުރަންޖެހޭ ސައިޓް

01

އެސްކެވޭޓަރ (+150 ކްލާސް)

ވިލިމާލެ ޕާކު ސައިޓް

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޯގަސްޓް 27 ވާ ހޯމަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، އިޢުލާނާއި ގުޅިގެން އުފެދޭ ސުވާލުތައް 2018 އޯގަސްޓް 25 ވާ ހޮނިހިރު ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުންއެދެމެވެ.

އަދި ދަންނަވަމެވެ. ބިޑް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުމަށް އެދެމެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

14 އޮގަސްޓް 2018