ވަޒީފާގެ ފުރުޞަތު
ނަންބަރު: 27/2018/413/413(IUL)
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 16 އޮގަސްޓް 2018 02:00
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާނާއި ބެހޭ މަރުކަޒުން ގއ.ގެމަނަފުށީގައި ހިންގާ ކެންޕަހަށް މުދައްރިސަކު ބޭނުންވެއްޖެއެވެ.

ކީރިތި ޤުރުއާނާ ބެހޭމަރުކަޒުން ގއ.ގެމަނަފުށީގައި ހިންގާ ކީރިތި ޤުރުއާނާއިބެހޭ މަރުކަޒުގެ ގޮފީގައި ހިންގާ ކޯސްތަކުގައި ކިޔަވައި ދެއްވާނެ ރިޝޯސް ޤުރުއާން މުދައްރިސެއް ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ އަދަދު :       1 ( އެކެއް )  

މުސާރަ :       އެމް. ކިޔު. އޭ ލެވެލް 5 ނުވަތަ 6ގެ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/150 ރުފިޔާ

އެމް. ކިޔު. އޭ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/200 ރުފިޔާ

ޝަރުތު:       ޤުރްއާން މުދައްރިސް ކަމުގެ ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން     

މުއްދަތު:       ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރިމެންޓްކުރެވޭނީ 2 މަސް ދުވަހުގެމުއްދަތަށެވެ.

              2 މަސް  ހަމަވުމުން ޙާޟިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 10 މަސްދުވަހަށްއިތުރުކުރެވިދާނެއެވެ.

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2018 އޮގަސްޓް 16 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ( އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު މި މަރްކަޒަށް ސިޓީފޮނުއްވުން އެދެމެވެ.

14/08/2018.

 

 

14 އޮގަސްޓް 2018