ދިވެހިރާއްޖެ
އިޢުލާން
މިއިދާރާގެ ޕިކަޕް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށްއެދި
މިއިދާރާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަމްބަރު: T3820 ، 1.5 ޓަނުގެ ޕިކަޕް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި ޕިކަޕް މަރާމާތުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 އޯގަސްޓް 27 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2018 ސެޕްޓެމްބަރ 03 ވާ ހޯމަ ދުވަހު 11:00 އަށް އަންދާސީ ހިސާބު ހުށަހޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ޕިކަޕް މަރާމާތުކޮށްދިނުން އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި ގަޑިގެހިގެން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
13 އޯގަސްޓް 2018
މުޙައްމަދު ޖަލީލު
ފ. ނިލަންދޫ ކައުންސިލްގެ ރައީސް