މަސައްކަތް
ނަންބަރު: (IUL)334/334/2013/39
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2013
ޕަބްލިޝްކުރި ގަޑި: 12:03
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑީސަލިނޭޝަން ޕްލާންޓެއް ބަހައްޓާ ހުރިހާގެއަކަށް ފެންވައިރު ކޮށްދީ ކޮންމެ ގެއެއްގައި މީޓަރ ބަހައްޓައިގެން ފެނުގެ ޚިދުމަތް ދިނުމަށް

އިޢުލާން

ވީ އެންމެ އަވަސް ފުރުޞަތެއްގައި މިރަށުގައި ޑީސަލިނޭޝަން ޕްލާންޓެއް ބަހައްޓާ ހުރިހާގެއަކަށް ފެންވައިރު ކޮށްދީ ކޮންމެ ގެއެއްގައި މީޓަރ ބަހައްޓައިގެން ފެނުގެ ޚިދުމަތް ދިނުމަށް މިގެންދަނީ މަސައްކަތް ކުރަމުންނެވެ.

މި ޚިދުމަތް އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ދިނުމަށްޓަކައި ސަރވޭ ކޮށްދެއްވާ މި މަޝްރޫޢު ފަރުމާ ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ޝައުޤުވެރިކަންހުރި ފަރާތްތަކުން މަޢްލޫމާތު ސާފުކުރެއްވުމަށްޓަކައި  2013 ޑިސެންބަރު 23 ން 30 އަށް މި ދަންނަވާ ނަމްބަރުތަކާ ފޯނުން ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު، 2013 ޑިސެންބަރު 31 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިދަންނަވާ މެއިލް އެޑްރެހަށް، ނުވަތަ ފެކްސް ނަމްބަރަށް ފޮނުއްވައި ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަމްބަރުތައް:

6640074،7991943، 7993018

އަންދާސީހިސާބު ފޮނުއްވަވާނީ

ފެކްސް ނަމްބަރު:6640074 އަދި އީމެއިލް އެޑްރެސް:[email protected] އަށެވެ.

12 ޞަފަރު 1435

17 ޑިސެންބަރު 2013