މަސައްކަތް
ނަންބަރު: (IUL)305/305/2018/93
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 11:04
ސުންގަޑި: 26 އޮގަސްޓް 2018 13:15
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީ ކޯރުތައް ކޮނެދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަގުމަތީ ކޯރުތައް ކޮނެދޭނެ ފަރާތެއް ހޯދުމަށް

މި އިދާރާގެ ނަންބަރު : (IUL)305/305/2018/90 (07 އޯގަސްޓް 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފައިނުވާތީ، އެ ޢިއުލާނު ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރީމެވެ.

މިކައުންސިލްގެ ފަރާތުން މަގުމަތީގައި ކޮންނަންޖެހޭ ކޯރުތައް ކޮނެ ކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 އޯގަސްޓް 2018 ވާ ބުދަދުވަހުގެ މެންދުރުފަހު 13:15 ށް މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 އޯގަސްޓް 2018 ވާ އާދިއްތަދުވަހުގެ މެންދުރުފަހު 13:15 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  01 ޛުލްޙިއްޖާ 1439

12 އޮގަސްޓް 2018