ދިވެހިރާއްޖެ
ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް،
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،
ފަޅުމަތީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3345252 (960)
http://www.mnu.edu.mv
ނަންބަރ: 153-FHTS-2018-18
އިޢުލާން
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުމަށް 08 އޮގަސްޓް 2018 ގައި ކުރެވުނު އިޢުލާން ނަންބަރު 153-FHTS-2018-17 ގައިވާ ބައެއް މާއްދާތަކަށް އެދެވޭވަރަށް މީހުން ކުރިމަތިލާފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ. ވީމާ، މި ފެކަލްޓީގެ ކޯސްތަކުގެ ތެރެއިން ތިރީގައިވާ މާއްދާ 2018 ޓާރމް 2 ގައި ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރއެއް ބޭނުންވެއެވެ.
# |
Module Name |
Level |
No. of Part-Time Lecturers Needed |
Course Name |
1 |
Financial Analysis of Hospitality and Tourism Management |
503 |
1 |
Masters of Hospitality and Tourism Management |
ޝަރުތު:
- މާރސްޓާސް ލެވެލް ކޯހުގެ މާއްދާއެއް ނަމަ، މާއްދާގެ ނުވަތަ ގުޅޭ ދާއިރާގެ ރޮގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ޕީ.އެޗް.ޑީ ސަނަދެއް ޙާޞިލުކޮށްފައިވުން؛ ނުވަތަ ޕީ.އެޗް.ޑީ ކެނޑިޑޭޓެއް ކަމުގައިވުން؛ ނުވަތަ މާއްދާގެ ރޮނގުން މަދުވެގެން 2 އަހަރު ދުވަހުގެ ކިޔަވާދިނުމުގެ ތަޖުރިބާ ލިބިފައިވުން.
- ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ކުރިމަތިލައްވާ ފަރާތްތަކާ އިންޓަރވިއުއެއް ކުރެވިދާނެވާހަކަވެސް ދަންނަވަމެވެ.
އުޖޫރަ:
- ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ދިވެހިރުފިޔާ
- ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ދިވެހިރުފިޔާ
- ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ދިވެހިރުފިޔާ
- ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ދިވެހިރުފިޔާ
- މީގެ އިތުރުން މާކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާން ކަރުދާހަކަށް -/35 ދިވެހިރުފިޔާ
އެޕްލިކޭޝަން ސިޓީ ނުވަތަ އީ-މެއިލް އާއިއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ސިޓީ ނުވަތަ އީ-މެއިލް ލިޔުއްވާއިރު މާއްދާތަކުގެ ތެރެއިން ހުށަހަޅުއްވަން ބޭނުންވެލައްވާ މާއްދާ ނުވަތަ މާއްދާތައް ޖައްސަވަންވާނެއެވެ.
އިތުރު މަޢުލޫމާތު:
- ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345251 ނުވަތަ 3345252 ނަންބަރާ ގުޅުއްވުން އެދެމެވެ.
ސުންގަޑި:
- މިކަމަށް އެދިލައްވާ ފަރާތްތަކުން 12 އޮގަސްޓް 2018 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ފެކަލްޓީގެ ތިން ވަނަ ފަންގިފިލާގައި ހުންނަ އެޑްމިނިސްޓްރޭޓިވް އޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected] އަށެވެ.