ޢާންމު މަޢުލޫމާތު
ނަންބަރު: B-381 / I-2018/38
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 30 އޮގަސްޓް 2018 00:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ވާނީ ގޯތިތަކާއި ބެހޭ

    ދ.ވާނީ ރައްޔިތުން ކުޑަހުވަދުއަށް ބަދަލުކޮށް، އެރަށް ފަޅުރަށެއްގެ ގޮތުގައި ހަމަޖައްސަވައި، ދ.ވާނީ ރައްޔިތުންނަށް ކުޑަހުވަދޫއިން ބޯހިޔާވަހިކަން ފޯރުކޮށްދެއްވާފައި ވައިރު، ބައެއް އާއިލާތަކަށް އެއްވެސް ބޯހިޔާވަހިކަމެއް ނުލިބި ނުވަތަ ބޯހިޔާވަހިކަމެއް ޤާއިމްކުރެވޭނޭ ބިމެއްވެސް ނުލިބިވާކަމުގެ ޝަކުވާ ގިނަ ފަރާތްތަކަކުން މިއިދާރާގައި ކުރަމުން އެބަގެންދެއެވެ.  މިގޮތުން ލިބެމުންދާ ޝަކުވާތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ ކުރިން މިކަމުގެ ކަށަވަރުކަން ހޯދަން މި އިދާރާއިން ބޭނުންވެއެވެ.

       ވީމާ ދ.ވާނީ ރައްޔިތުންގެ ތެރެއިން ކުޑަހުވަދުއަށް ބަދަލުކުރެވި، އެފަރާތްތަކަށް ކުޑަހުވަދޫއިން  ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ދ.ވާނީ އިން ދ.ކުޑަހުވަދުއަށް ބަދަލުކުރިއިރު އެރަށުގައި ހުރި ގެތަކާއި، ގޯތިތަކުގެ ތެރެއިން މިހާތަނަށް ކުޑަހުވަދޫން ގެއެއް ނުވަތަ ގޯއްޗެއް ލިބިފައިނުވާ ފަރާތްތަކުން ރަޖިސްޓްރީގެ ކޮޕީއަކާއެކު 2018 އޯގަސްޓް 30 ވަނަ ދުވަހުގެ ކުރިން އެކަން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގައި ހުށަނާޅާ ފަރާތްތަކުގެ ޝަކުވާތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

09 އޮގަސްޓް 2018