ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)237-C/237/2018/18
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 27 އޮގަސްޓް 2018 11:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަންގަލި ލާންޗް މަރާމާތުކުރުމާ ގުޅޭ

 

މިއިދާރާގެ ރަންގަލި ލާންޗުގެ ފަހަތުކޮޅުން ކަނޑައިގެން ގޮސްފައިވާތަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މިއިދާރާގެ ނަންބަރު: (IUL)237-C/237/2018/17 ( 24 ޖުލައި 2018 ) އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އެކަމަށް އިޢުލާނު ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިއިދާރާގެ ރަންގަލި ލާންޗު މަރާމާތުކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާފަރާތްތަކުން 2018 އޮގަސްޓް16 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2018 އޮގަސްޓް27 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ރަންގަލި ލާންޗު މަރާމާތުކޮށްދިނުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި ގަޑިޖެހިގެން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

 09 އޮގަސްޓް 2018

09 އޮގަސްޓް 2018