ދިވެހިރާއްޖެ
1439 އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން، މިއިދާރާއާއި، ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ހިންގާ ޚާއްޞަ ޕްރޮގްރާމްގައި "މަސްރޭސް 2018" ގެ ނަމުގައި މަސްރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މަސްރޭސް އޮންނާނީ 2018 އޯގަސްޓް 23 ވަނަ ދުވަހުގެ 05:00 އިން ފެށިގެން އެދުވަހުގެ ހަވީރު 16:00 އަށެވެ.
މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ދޫކުރާ ފޯމް 2018 އޯގަސްޓް 8 ވަނަ ދުވަހުން ފެށިގެން 2018 އޯގަސްޓް މަހުގެ 19 ވަނަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއިން ލިބެން ހުންނާނެއެވެ.
ވީމާ، މަސްރޭހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމް ފުރުއްވުމަށްފަހު، 2018 އޯގަސްޓް 19 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ގެންނަ ފޯމް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. ރަސްމީގަޑީގައި ފޯމް ހުށައަޅާނީ މިއިދާރާއަށެވެ. 19 ވަނަ ދުވަސް ރަސްމީ ބަންދު ދުވަހެއްކަމުގައިވާނަމަ، ފޯމް ހުށައެޅުއްވުމަށް 7779901 ނަންބަރަށް ގުޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފަސްޓްލައިޓް، ބްލޮސޮމް ގާޑްން، އަދި ޑޮމެސިސް ރެސްޓޯރަންޓުން ލިބެން ހުންނާނެއެވެ.