ދިވެހިރާއްޖެ
| 
 މަޤާމް:  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
| 
 ބޭނުންވާ އަދަދު:  | 
 01 (އެކެއް)  | 
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކް:  | 
 ޖީ.އެސް 3  | 
| 
 މަޤާމް ނަންބަރު  | 
 J-119879  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އޮފިސަރ ގްރޭޑް 1  | 
| 
 ސެކްޝަން:  | 
 އެޑްމިން ސެކްޝަން  | 
| 
 މަޤާމް އޮތް އޮފީސް:  | 
 އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ  | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ  | 
| 
 މުސާރަ:  | 
 -/4,465 ރުފިޔާ  | 
| 
 ސަރވިސް އެލެވަންސް:  | 
 -/1,500 ރުފިޔާ  | 
| 
 ސަޕޯޓިންކޯ އެލެވަންސް:  | 
 -/700 ރުފިޔާ  | 
| 
 އިތުރު ޢިނާޔަތްތައް:  | 
 
  | 
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 - އިދާރާ ހުޅުވައި ބަންދުކުރުމާ ގުޅޭ ކަންކަން ކުރުން. - ޖަވާބުދޭންޖެހޭ ސިޓީތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން. - ދަރިވަރުންނާއި ގުޅުންހުރި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން - ދަރިވަރުންގެ ރެކޯޑުތައް ރެކޯޑު ބެލެހެއްޓުން - ދުވަހުގެ ޔައުމިއްޔާ ނިންމުން. - ސްޓޮކަށް ބޭނުންވާތަކެތި ނެގުން. - ބިލްތައް އެންޓަރކޮށް، އޯޑަރ ފޯމް އެޓޭޗްކުރުން. - ބިލްތަކުގެ ވައުޗަރ ހެދުމާއި ފައިލްކުރުން. - އެގްރީމެންޓުތައް ތައްޔާރުކުރުމާއި ބެލެހެއްޓުން. - ސްޓޮކް ބެލެހެއްޓުން. - ޓީޗަރުންނަށް ދޫކުރެވެ ތަކެތީގެ ރަޖިސްޓަރީއެއް ހަދައި ބެލެހެއްޓުން. - އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސުކޫލުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުން.  | 
| 
 މަޤާމުގެ ޝަރުޠުތައް:  | 
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 - ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު. - މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު. - މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި ސިފަތައް. 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 )ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 ވަޒީފާއަށް އެދޭ ފޯމު މި ސްކޫލު އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 އޮގަސްޓް 2018 ވާ ހޯމަ ދުވަހު 13:30 ގެ ކުރިން، އަބޫބަކުރު ސްކޫލް އޮފީހަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. 
  | 
| 
 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 27 އޮގަސްޓް 2018 އާއި 30 އޮގަސްޓް 2018 އާ ދެމެދު، އަބޫބަކުރު ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. ވަޑައިގެންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ. 
  | 
| 
 ޝޯޓް ލިސްޓްކުރުން:  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 8 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
  | 
| 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:  | 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %45 އަށްވުރެ މަތިވާން ޖެހޭނެއެވެ.  | 
| 
 އިތުރު މަޢުލޫމާތު ހޯދުން:  | 
 މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6842550 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ،6842548 އެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.  |