ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)448-ASS/1/2018/47
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 16 އޮގަސްޓް 2018 13:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ސިވިލް އިންޖިނިއަރ (ކޮންޓްރެކްޓް)

ސިވިލް އިންޖިނިއަރ

ރީޖަނަލް އެއަރޕޯޓްސްގެ ފަރާތުން ރާއްޖޭގެ އެކިސަރަޙައްދުތަކުގައި ގާއިމްކުރާ އެއަރޕޯޓް ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާނެސިވިލް އިންޖިނިއަރ އެއްހޯދުމާބެހޭ

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ރާއްޖޭގެ އެކިސަރަޙައްދުތަކުގައި ތަރައްޤީކުރަމުން ގެންދާ އެއަރޕޯޓް ޕްރޮޖެކްޓްތަކުގައި، ރީޖަނަލް އެއަރޕޯޓްސްގެ ފަރާތުން ފަންނީ ލަފާ ދިނުމަށާއި ޕްރޮޖެކްޓް ރަވާ ހިންގުމަށްޓަކައި 01 (އެކެއް) ސިވިލް އިންޖިނިއަރަކު އައްޔަންކުރުމަށް ބޭނުންވެއެވެ.

މިގޮތުން ސިވިލް އިންޖިނިއަރގެ މަސްއޫލިއްޔަތު ތަކުގެތެރޭގައި އެއަރޕޯޓް ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށް ގެންދާ ފެންވަރު ބަލާ ސުޕަވައިޒް ކުރުމުގައި ބޭނުންވާ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި، އެއަރޕޯޓް ޕްރޮޖެކްޓްތަކުގެ މަސައްކަތް ހިގަމުންދާ ސައިޓްތަކަށް ދަތުރުކުރުމާއި، ޕްރޮޖެކްޓްތައް މެނޭޖްކުރުމަށްޓަކައި ރީޖަނަލް އެއަޕޯޓްސްގެ ޕްރޮޖެކްޓްސް ސެކްޝަންގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނެއެވެ.

 ސިވިލް އިންޖިނިއަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

ހ) ސިވިލް އިންޖިނިއަރިންގ ސްޕެޝަލައިޒް އިން ރޯޑް ނުވަތަ އެއަރޕޯޓް އިންޖިނިއަރިންގ ނުވަތަ އެއަރފީލްޑް ޕޭވްމަންޓް އިންޖިނިއަރިންގ ގެ ދާއިރާއިން ދަށްވެގެން ބެޗްލާރސް ޑިގްރީ ޙާސިލް ކޮށްފައިވުން.

 (ށ) މަދުވެގެން 05 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

(ނ) މަޝްރޫޢުތައް ރާވައި ހިންގުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

(ރ) މައިކްރޯސޮފްޓް އޮފީސް ޕެކޭޖް، ކޮމްޕިއުޓަރ އެއިޑަޑް ޑިޒައިންގ ސޮފްޓް ވެއަރ، އަދި އެހެނިހެން ޑިޒައިން ސޮފްޓްވެއަރ ތަކަށް އަޙުލުވެރިވެފައިވުން.

(ބ) ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.

(ޅ) މަޝްރޫޢާއި ގުޅޭ ތަފާތު އެކި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމާއި، ޕްރޮޖެކްޓް ހިގަމުންދާ ސައިޓްތަކުގައި މަސައްކަތްކުރުމާއި ލީޑާރޝިޕް ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(ކ) މިފަދަ އެހެން ޕްރޮޖެކްޓްތަކެއްގައި މަސައްކަތްކޮށް ތަޖުރިބާލިބިފައިވުމަކީ މިކަމަށް ކުރިމަތިލައްވާ ފަރާތްތައް ހޮވުމުގައި އިސްކަން ދެވޭނެއެވެ.

(އ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން.

(ވ) މަތީގައި ދަންނަވާ ޝަރުޠުފުރިހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ސިވިލް އިންޖިނިއަރިންގ ނުވަތަ އެއަރޕޯޓް އިންޖިނިއަރިންގ ނުވަތަ އެއަރފީލްޑް ޕޭވްމަންޓް އިންޖިނިއަރިންގ ގެ ދާއިރާގައި ޢަމަލީގޮތުން 8 އަހަރު ދުވަހުގެ މަސައްތުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް، ޤާބިލްކަން ސާބިތުކުރުމަށް ބޭއްވޭ އިންޓަވިއު އާއި ލިބިފައިވާ ތަޖުރިބާގެ މައްޗައް ބިނާކޮށް މަސައްކަތަށް ޤާބިލް ފަރާތެއް ހޮވިދާނެއެވެ.

އުޖޫރަ:

މިމަޤާމަށް އުޖޫރަ ކަނޑައެޅުމުގައި އެފަރާތެއްގެ ތަޢުލީމީ ފެންވަރާއި މަސައްކަތާއި ގުޅުންހުރި ދާއިރާތަކުގެ ތަޖުރިބާއަށް ރިޢާޔަތްކޮށް މި މަޤާމަށްހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 35,000.00  އާއި 40,000.00 ރުފިޔާ އާއިދެމެދުގެ އުޖޫރައެއް ކަނޑައެޅިފައެވެ. އަދި މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ "(ވ)" ގައި ހިމެނޭފަދަ ފަރާތެއް ހޮވަނީނަމަ، އުޖޫރަ ކަޑައެޅުމުގައި އެފަރާތެއްގެ ޤާބިލް ކަމަށްބަލައި އުޖޫރަ ކަނޑައެޅިދާނެއެވެ.

 

 މަސައްކަތުގެ މުއްދަތު:

މި މަޤާމަށް ހޮވޭ ފަރާތާއެކު ކުރެވޭނީ 1 (އެކެއް އަހަރު) އަހަރުދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ.

 ވީމާ، މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު ރީޖަނަލް އެއަރޕޯޓްސް އިން ހުޅުވައިލަމެވެ.  މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.

 

 

ހުށަހަޅަށްޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓވްފޯލިއޯ. 
  • ސިވިލް ސަރވިސްގައިމަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިންވީއްލުމާއިމެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުންއެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.

 

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 16 އޮގަސްޓް 2018 ވަނަ ދުވަހުގެ 13:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

  އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

ރީޖަނަލް އެއަރޕޯޓްސް

ވެލާނާގެ (11 ވަނަ ފަންގިފިލާ)

 މާލެ، 20096،

އަމީރު އަޙްމަދު މަގު

ދިވެހިރާއްޖެ

 ފޯނު ނަންބަރު: 3323470

 އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.

 އިތުރު މައުލޫމާތު:

މިމަޤާމުގެ "ޓާރމްސް އޮފް ރިފަރެންސް" މި އޮފީހުގެ ވެބްސައިޓް http://airports.gov.mv/data/documents/TOR-for-Civil-Engineer.pdf އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3323470 އަށް ގުޅުއްވުން އެދެމެވެ.

08 އޮގަސްޓް 2018

08 އޮގަސްޓް 2018