ކުއްޔަށް ދިނުން
ނަންބަރު: (IUL)308/2018/21
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 13:49
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ ކުލީ ބިން ދޫކުރުން

އިޢުލާން

ވަގުތީ ކުލީ ބިން ދޫކުރުމާއިގުޅޭ

ރަށުގެ އެކި ސަރަޙައްދުތަކުގައި ހުރި ހުސްބިންތައް، ވަގުތީ ކުލީ ބިމުގެ ގޮތުގައި ދޫކުރަން ބޭނުންވެއެވެ. މިގޮތަށް ކުއްޔަށް ދޫކުރާ ބިންތައް ކުއްޔަށް ދޫކުރާނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. މިބިންތަށް ދޫކުރާނީ އަކަފޫޓަކަށް 50/- (ފަންސާސް ލާރި ) ރޭޓުންނެވެ. އަދި މިހާރު ކުލީ ބިމެއް އޮތް އެއްވެސް ފަރާތަކަށް މިއިން ބިމެއް ކުއްޔަށް ދޫނުކުރެވޭނެއެވެ. ކުއްޔަށް ދޫކުރަން ނިންމާފައިވާ ބިންތައް ތިރީގައި އެވަނީއެވެ.

  1. ރީމް ގޭގެ ހުޅަނގުން އޮތް ހުސްބިން
  2. ސްޓަރލައިޓްގެ ދެކުނުން އޮތް ހުސްބިން
  3. ނޫރާނީއާގޭގެ ދެކުނުން އޮތް ހުސްބިން
  4. ސްވީޓްޑްރީމްގެ ދެކުނުން އޮތް ހުސްބިން
  5. ސޯސަންމާގެ ދެކުނުން އޮތް ހުސްބިން
  6. ދަނބުމާ ގޭގެ ދެކުނުން އޮތް ހުސްބިން

ބިންތަކުގައި ކުރަން ހުއްދަ ދެވޭނެ މަސައްކަތްތައް

  1. ގައު އެޅުމާއި ސިމެންތީގެ މަސައްކަތްތައް
  2. ތަކެތި ގުދަންކުރުން
  3. ވަޑާން ކުރުން ( ލަކުޑީގެ މަސައްކަތްތައް )
  4. އިމްޕޯޓް މުދާ ވިއްކުން

މިއިން ބިމެއް ކުއްޔަށް ހިފަން ބޭނުންވާނަމަ މަތީގައިވާ ގޮތަށް ބިން އޮތް ސަރަޙައްދު ބަޔާންކޮށް ކައުންސިލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ބިންތައް ދޫކުރަން ހަމަޖެހިފައިވަނީ ސިޓީ ހުށަހެޅޭ ތަރުތީބުންނެވެ. އަދި ބިންތައް ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ. 

ވީމާ، މިކަން ޢާއްމުކޮށް އަންގައި، އިޢުލާން ކުރީމެވެ.

08 އޮގަސްޓް 2018