މަސައްކަތް
ނަންބަރު: 153-CMS/2018/01
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 28 އޮގަސްޓް 2018 11:00
ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
ދިވެހިރާއްޖެ
ތިން ކޯހެއްގެ، ކޯސް އައުޓްލައިން ސްޓްރަކްޗަރާއެކު ޑީޓެއިލް ޓީޗިންގ ސިލަބަސް އާއި ކޯސް މެޓީރިއަލްސް ތައްޔާރުކުރުން

ތިން ކޯހެއްގެ، ކޯސް އައުޓްލައިން ސްޓްރަކްޗަރާއެކު ޑީޓެއިލް ޓީޗިންގ ސިލަބަސް އާއި ކޯސް މެޓީރިއަލްސް ތައްޔާރުކުރުން


އައި.އެމް.އޯގެ STCW ކޮންވެންޝަންގެ ޗެޕްޓަރ V  ގައި ނަންގަނެވިފައިވާ ތިރީގައިވާ ކޯސްތައް،  STCW ކޮންވެންޝަން އަށް 2010 ވަނަ އަހަރު ގެނެވުނު އިސްލާޙާއެއްގޮތަށް މިސެންޓަރުގައި ކިޔަވައިދިނުމަށްޓަކައި ކޯހުގެ އައުޓްލައިން ސްޓްރަކްޗަރާއެކު ޑީޓެއިލް ޓީޗިންގ ސިލަބަސް އާއި ޓީޗިންގ މެޓީރިއަލްސް ތައްޔާރުކުރުމަށް ބޭނުންވެއެވެ.

1-     "ޕްރޮފިޝަންސީ އިން ބޭސިކް އޮއިލް އެންޑް ކެމިކަލް ޓޭންކަރ އޮޕަރޭޝަންސް"

2-     "ޕްރޮފިސަންސީ އިން އެޑްވާންސްޑް އޮއިލް ޓޭންކަރ އޮޕަރޭޝަންސް"

3-     "ޕްރޮފިސަންސީ އިން އެޑްވާންސްޑް ކެމިކަލް ޓޭންކަރ އޮޕަރޭޝަންސް"

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން ތިރީގައިވާ ގަޑިއަށް ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް (ކ.ވިލިނގިލި) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގަޑިއަށް ވަޑައިގެން، ސީ.ވީ އާއެކު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. މި މަސައްކަތަށް އެދިވަޑައިގެން އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މަތީގައި ބަޔާންކޮށްފައިވާ މާއްދާއާއި ގުޅޭ ދާއިރާއަކުން މާސްޓަރޒް ޑިގްރީ، ބެޗްލަރޒް ޑިގްރީ ނުވަތަ ޑިޕްލޮމާ ހާސިލު ކުރައްވާފައިވާ ފަރާތްތަކުންނެވެ.

 މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުއްވޭނެއެވެ.

ތަފުސީލު

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

14 އޮގަސްޓް 2018

11:00

އަންދާސީހިސާބު ހުށަހެޅުއްވުން

28 އޮގަސްޓް 2018

11:00

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ،3345222  ނުވަތަ 3345223 ނަންބަރާ ގުޅުއްވުން އެދެމެވެ.

08 އޮގަސްޓް 2018