ޢާންމު މަޢުލޫމާތު
ނަންބަރު: GS09/2018/19
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 15:45
ސުންގަޑި: 15 އޮގަސްޓް 2018 14:00
ށ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ( އެސިސްޓެންޓް ލައިބްރޭރިއަން )

ށ.އަތޮޅު ތަޢުލީމީ މަރުކަޒު

ށ.ކޮމަންޑޫ، ދިވެހިރާއްޖެ

                                                                        ނަންބަރު: GS09/2018/19 

އިޢުލާން

 

 މަޤާމް:                   އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމުގެ ނަންބަރ:            J-129826

ބޭނުންވާ އަދަދު:              01                        

މަޤާމުގެ ގިންތި:              ދާއިމީ

މަޤާމުގެ ރޭންކް:              ޖީ.އެސް 3     

މަޤާމުގެ ކްލެސިފިކޭޝަން:        އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

ސެކްޝަން:                 އެކަޑަމިކް

މަޤާމް އޮތް އޮފީސް:           ށ.އަތޮޅު ތައުލީމީ މަރުކަޒު  

ވަޒީފާ އަދާކުރަން ޖެހޭ ތަން:      ށ.އަތޮޅު ތައުލީމީ މަރުކަޒު  

މުސާރަ:                   -/4465 ރުފިޔާ

ސަރވިސް އެލަވަންސް:         -/1500 ރުފިޔާ

އެހެނިހެން އެލަވަންސް :        -/700 ރުފިޔާ (ސަޕޯރޓިންގ ކޯރ އެލެވަންސް 2 )

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

01. ލައިބްރަރީގެ ޤަވާޢިދުތަކާ އެއްގޮތަށް ދަރިވަރުންނަށާއި މުވައްޒަފުންނަށް ފޮތް ދޫކުރުމާއި ބަލައިގަތުން

02. ލައިބްރަރީގެ އިންވެންޓަރީ ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން

03. ލައިބްރަރީގައިވާ ފޮތްތައް ކެޓަގަރައިޒް ކުރުމާއި، ފޮތްތަކުގެ ލޭބަލް ހަރުކޮށް ސެލޯފިން ލައްވާ ބެލެހެއްޓުމުގެ ކަންކަން މޮނީޓަރކުރުން 

04. ޓީޗަރުންނަށް ދޫކުރެވޭ ޓެކްސްޓް ފޮތާއި ރިފަރެންސް ފޮތްތައް ދިރާސީ އަހަރު ނިމުމުގެ ކުރިން ލައިބްރަރީއަށް ބަލައިގަތުން 

05. ދަރިވަރުންނަށް ކޮންމެ އަހަރަކު ދޫކުރަންޖެހޭ ޓެކްސްޓް ފޮތްތަކުގެ މަސައްކަތްކުރުމާއި އަހަރު ނިމުމުން އަނބުރާ ނަގަންޖެހޭ ފޮތްތައް

ނެގުމުގެ މަސައްކަތްކުރުން 

06. ލައިބްރަރީގެ ސާފުތާހިރުކަން ބެލެހެއްޓުމާއެކު، ފޮތް އަތުރަންޖެހޭ ގޮތަށް އަތުރާ ތަރުތީބުކޮށް ބެލެހެއްޓުން  

07. ހަލާކުވާ ފޮތްތައް ހެދުން  

08. ކޮންމެ ޓާމަކު އެއްފަހަރު ލައިބްރަރީއިން ދޫކޮށްފައިވާ ފޮތްތައް ޙަވާލުނުކުރާ ދަރިވަރުންނަށް ރިމައިންޑަރ ސްލިޕް ފޮނުވުން 

09. ލައިބްރަރީއަށް ހޯދާ ފޮތްތަކާއި ލިބޭފޮތްތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވައިގެން ފާސްކުރުވުން   

10. އަލަށްލިބޭ ފޮތްތައް ދަރިވަރުންނަށް ޝައުޤުވެރިކުރުވުމަށް މަދުވެގެން ޓާމަކު 1 (އެކެއް) ޕްރޮގްރާމް ހިންގުން 

11. ލައިބްރަރީއަކީ ދަރިވަރުން ޝައުގުވެރިވާފަދަ ތަނެއްގެ ގޮތުގައި ބެލެހެއްޓުން 

މަޤާމުގެ ޝަރުތުތައް:

  1.  ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ' ޑީ' ގްރޭޑް ލިބިފައިވުމާއެކު،އޭގެ އިތުރުން"ސެކަންޑްރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.     

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލްސާވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް،  ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންފަރުބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންފަރުބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލްސާވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލްސާވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސާރވިސް ޓެރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލްސާރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ.) އަމިއްލަކުންފުންޔެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޮގަސްޓްް 2018 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން، ށ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި, މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 އޮގަސްޓް 2018 އާއި 17 އޮގަސްޓް 2018 އާ ދެމެދު، ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

 

 ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540062 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

25 ޛުލްޤަޢިދާ 1439        

                                    07 އޮގަސްޓްް 2018

07 ޖުލައި 2018