ޢާންމު މަޢުލޫމާތު
ނަންބަރު: B-381/I-2018/35
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި:
16 އޮގަސްޓް 2018 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަހުވަދޫ ޕްރީސްކޫލް ކުއްޔަށް ދޫކުރުން.
މި އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް ކުޑަހުވަދޫ ކުޑަހުވަދޫ ޕްރީސްކޫލް ކުއްޔަށް ދޫކުރުމަށް ކުރި އިޢުލާނާއި ގުޅިގެން އެކަމަށް އެދި ހުށައަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ މިއިދާރާގެ ނަންބަރު: B-381/I-2018/30 ބާޠިލް ކޮށްފީމެވެ. އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލަމެވެ.
- މަސައްކަތާއި ގުޅިގެންދެވޭ މަޢުލޫމާތުކަރުދާހާއި ފޯމް 2018 އޯގަސްޓް 07 ވަނަ ދުވަހުންފެށިގެން 2018 އޯގަސްޓް 16 ވަނަދުވަހުގެ 14:00 ނިޔަލަށް މިއިދާރާއިން ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގެ އަގަކީ 300.00 (ތިންސަތޭކަ) ރުފިޔާއެވެ.ޕްރީބިޑް މީޓިންގ އޮންނާނީ، 2018 އޯގަސްޓް 30 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕަރޕޯސް ބިލްޑިންގ ސެމިނަރ ރޫމް1 ގައެވެ. އަދި ޢިމާރާތާއި ތަކެތި ބައްލަވާލަންވަން އެދިލައްވާ ފަރާތްތަކަށް ހަމަ އެގަޑީގައި އެފުރުސަތު ލިބިވަޑައިގަންނަވާނެވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ބައްލަވައިގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންގއަށް ވަޑައިގެންނެވުމަކީ ވަރަށް އެދެވިގެންވާކަމެއްކަމުގައި ދަންނަވަމެވެ.
- މަޢުލޫމާތު ކަރުދާސް ބައްލަވައިގަންނަވާ ފަރާތަކަށް އެދިވަޑައިގަންނަވާ މެއިލްއަކަށް މަޢުލޫމާތުގެ ޕީ.ޑީ.އެފް ކޮޕީއެއް މެއިލްކޮށްދެވޭނެއެވެ.
- އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 2018 ސެޕްޓެމްބަރ 13 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާ ރޫމް 1 ގައެވެ.
- މައުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. ކުރީގެ އިޢުލާނާއިގުޅިގެން މަޢުލޫމާތު ބައްލަވައިގެންފައިވާ ފަރާތްތަކުން އިތުރަށް މަޢުލޫމާތު ބައްލަވައިގަންވާކަށް ޖެހިވަޑައެއްނުގަންނަވާނެއެވެ. ނަމަވެސް މިއިދާރާއަށް ދުރުވެ ނަން ނޯޓްކުރައްވަންވާނެއެވެ.
- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
- ޢިމާރާތް ކުއްޔަށް ދޫކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
ޢިމާރާތުގެ ކުލި |
60% |
|
މާލީ ތަނަވަސްކަން |
10% |
|
ފަންނީ ޤާބިލްކަން (މަސައްކަތުގެ ތަޖްރިބާ) |
15% |
|
އިންސާނީ ވަޞީލަތް |
15% |
|
އިތުރުމަޢުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
||
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ
05 އޮގަސްޓް 2018