ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-F/INDIV/2018/3
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 10:57
ސުންގަޑި: 14 އޮގަސްޓް 2018 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ގްރީންހައުސް ޤާއިމްކޮށްދިނުން

ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މިނިސްޓްރީން ހިންގަމުން ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ފެން ބޮޑުވުން ފަދަ މޫސުމީ މައްސަލަތަކުގެ ސަބަބުންނާއި ފަނިފަކްސާ ސޫފާސޫފި އަދި ގަހަށް ޖެހޭ ބަލިތަކުގެ ސަބަބުން ދަނޑުވެރިކަން ފުޅާ ކުރުމަށް ގޮންޖެހުންތައް ހުރި ރަށްރަށުގައި ގްރީންހައުސް އަޅައިގެން ގަސްހެއްދުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށްދިނުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ.

 

ވީމާ މިކަމަށް އެދޭ ކޯޕަރޭޓިވްސް، ޖަމްއިއްޔާތައް އަދި އަމިއްލަ ފަރުދުން 14 އޮގަސްޓު 2018 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހަޅުއްވާނަމަ ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

07 އޮގަސްޓް 2018