ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-F/INDIV/2018/5
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 14 އޮގަސްޓް 2018 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފެންދޭ ނިޒާމު (ޑްރިޕް އިރިގޭޝަން ސިސްޓަމް) ޤާއިމްކޮށްދިނުން

ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މިނިސްޓްރީން ހިންގަމުން ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ދަނޑުވެރިކަން ކުރުމުގެ ސަބަބުން ރަށުގެ ފެންފަށަލައަށް ގެންލުން ލިބިފައިވާ އަދި ގެއްލުން ލިބެމުންދާ ރަށްރަށަށް އަމާޒުކޮށްގެން، ފެންއިސްރާފުވުން ކުޑަ ޑްރިޕް އިރިގޭޝަން ނިޒާމުތަކެއް ދަނޑުވެރިންގެ ދަނޑުތަކުގައި ޤާއިމްކޮށްދިނުމުގެ މަސައްކަތް މި މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

 

ވީމާ މިކަމަށް އެދޭ ކޯޕަރޭޓިވްސް، ޖަމްއިއްޔާތައް އަދި އަމިއްލަ ފަރުދުން 14 އޮގަސްޓު 2018 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހަޅުއްވާނަމަ ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

 

07 އޮގަސްޓް 2018