މަސައްކަތް
ނަންބަރު: (IUL)23-AP/23/2018/178
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 09:58
ސުންގަޑި: 13 އޮގަސްޓް 2018 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް، މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަށް ވެބްސައިޓް އަދި ޕޯޓަލް ހަދައިދޭނެ ފަރާތެއް ހޯދުމަށް

 އިޢުލާން

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް، މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއަށް ވެބްސައިޓް އަދި ޕޯޓަލް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: IUL)23-AP/23/2018/152) ޖުލައި 11 2018 އިއުލާންއާއި ގުޅިގެން ވާދަކުރާނެ ތިންފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 13 އޮގަސްޓް 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 އޮގަސްޓް 2018 ވާ ހޯމަ ދުވަހު ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

25 ޛުލްޤައިދާ 1439

 

07 އޮގަސްޓް 2018