މަސައްކަތް
ނަންބަރު: (IUL)23-AP/23/2018/177
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 09:53
ސުންގަޑި: 13 އޮގަސްޓް 2018 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ކުރިއަށް ގެންދާ ވޯރކްޝޮޕް، ސެމިނަރ އަދި ބައްދަލުވުން ތަކަށް ހޯލް ކުއްޔަށް ހިފުމާއި ކޭޓަރިންގ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ކުރިއަށް ގެންދާ ވޯރކްޝޮޕް، ސެމިނަރ އަދި ބައްދަލުވުން ތަކަށް ހޯލް ކުއްޔަށް ހިފުމާއި ކޭޓަރިންގ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަނަ ނަންބަރ: IUL)23-AP/23/2018/150)  ޖުލައި 09 2018 އިއުލާންއަށް ކުރިމަތިލީ އެންމެ ފަރާތަކަށްވެފައި އެފަރާތުގެ އަންދާސީ ހިސާބު ބާޠިލް ވެފައިވާތީ، އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 13 އޮގަސްޓް 2018 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 އޮގަސްޓް 2018 ވާ ހޯމަ ދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

25 ޛުލްޤައިދާ 1439

 

 

07 އޮގަސްޓް 2018