ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)347/347/2018/63
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 15 އޮގަސްޓް 2018 00:00
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޮއިމެންޓްގެ ދަށުން އދ. ހަންޏާމީދޫ މިސްކިތަކުގައި މަސައްކަތްކުރާނެ މަސައްކަތު މީހުން ހޯދުން.

2018 ޑިސެމްބަރު 31 ގެ ނިޔަލަށް، މިރަށު މިސްކިތްތަކުގައި ވޭޖް އެމްޕްލޮއިމެންޓްގެ ދަށުން މަސައްކަތް ކޮށްދޭނެ، މަސައްކަތު މީހުން ބޭނުންވެއްޖެއެވެ.  

ވޭޖް އެމްޕްލޮއިމެންޓްގެ ދަށުން ނަގާ މީހުން މަސައްކަތް ކުރަންޖެހޭނީ މިސްކިތްތަކުގެ ދާއިމީ މަސައްކަތު މީހުންގެ ތެރެއިން މީހަކު، އެއްވެސް ސަބަބަކާހުރެ މަސައްކަތަށް ޙާޟިވެނުލައްވާ ދުވަސްދުވަހު، މި އިދާރާއިން ހަމަޖައްސާ އުޞޫލެއްގެ ދަށުންނެވެ.

 ވޭޖް އެމްޕްލޮއިމެންޓްގެ ދަށުން ނަގާ މަސައްކަތު މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ އުޖޫރައަކީ މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް -/40 (ސާޅިސް) ރުފިޔާގެ ރޭޓުން ދުވާލަކަށް -/200 (ދުއިސައްތަ) ރުފިޔާއެވެ.   

 

ވީމާ، ވޭޖް އެމްޕްލޮއިމެންޓްގެ ދަށުން މިރަށު މިސްކިތްތަކުގައި މަސައްކަތް ކުރަންއެދޭ ފަރާތްތަކުން، ލިބިލައްވާފައިވާ ތަޢުލީމީ އަދި ތަޖުރިބާގެ ލިޔުންތަކާއި އަދި މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ ދެފަރާތުގެ ސާފު ކޮޕީއަކާއެކު ސިޓީއަކުން، 2018 އޯގަސްޓް 15 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުންވުން އެދެމެވެ. 

06 އޮގަސްޓް 2018