ނީލަން
ނަންބަރު: FNK-B/IUL/2018/327
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 15:57
ސުންގަޑި: 09 އޮގަސްޓް 2018 14:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިއުމާބެހޭ

FNK-B/IUL/2018/327                                                                    


އިޢުލާން

ނީލަންކިޔުމާ ބެހޭ:

 

މިކުންފުނީގައި ބޭނުން ކުރެވޭވަރަށްވުރެ ބާވެފައިވާ ތަކެއްޗާ ހަލާކުވެފައިވާ ބައެއް ގޮނޑި އާއި މޭޒުފަދަ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/3000 (ތިންހާސް) ރުފިޔާއެވެ. މިތަކެތީގެ ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން -/200 (ސަތޭކަ) ރުފިޔާއެވެ.

 މި ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2018 އޮގަސްޓް 8 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން އެތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު ލިޔުއްވައި، ސިޓީއުރައެއްގައި ބަންދުކޮށް 2018 އޮގަސްޓް 9 ވާ ބުރާސްފަތި ދުވަހުގެ 14.00 އަށް މި ކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މިތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ، ނީލަން ބާޠިލުކޮށް، އަލުން އެތަކެތި ނީލަމަށްލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ. 

 

06 އޮގަސްޓް 2018

                                           

 

06 އޮގަސްޓް 2018